ދ. މާއެނބޫދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން ކުންފުންޏަކާ ހަވާލުކޮށްފި

ދ.މާއެނބޫދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 10،946،247.29ރ (ދިހަ މިލިއަން ނުވަލައްކަ ސާޅީސް ހަހާސް ދުއި ސައްތަ ސާޅީސް ހަތް ރުފިޔާ ނަވާވީސް ލާރި ) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހުމަދު ރަމީޒްއެވެ.

Leave a Comment

Your email address will not be published.