“ސްމައިލް އޮން” ގެ ނަމުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކެމްޕެއިނެއް ފަށައިފި- މިއަދު މިފެށި ކެމްޕެއިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިންގާނެ

“ސްމައިލް އޮން” ގެ ނަމުގައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކެމްޕެއިނެއް ފަށައިފިއެވެ.

ސްމައިލް އޮން ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިންއެކެވެ. މި ކެމްޕެއިންގައި މިފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ދުވަހީ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ހިންގޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިކަމާގުޅިގެން ވިދާޅުވީ، މި ކެމްޕޭންގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމަޢުއެއް ޤާއިމުވެގެންދާނެކަމުގައެވެ.

މި ކެމްޕެއިން މިއަދު ފެށުނީ މާލޭގެ ސްކޫލް ތަކުގައި އެކަނިކަމަށްވިޔަސް، އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ކެމްޕެއިން ފެށިގެންދާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

Leave a Comment

Your email address will not be published.