ތ. ގުރައިދޫ ގައި ހުންނަ އަތޮޅު މަދަރުސާގެ 6 ކްލާސްރޫމްއާއި ހެލްތް ރޫމް އަދި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ތ. ގުރައިދޫ ގައި ހުންނަ ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމްއާއި ހެލްތް ރޫމް އަދި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9،753،391.17 ރ (ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ ނުވަދިހަ އެއް ރުފިޔާ ސަތާރަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރުއެވެ.

Leave a Comment

Your email address will not be published.