ށ. މަރޮށީ މުނައްވަރާ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ށ.މުނައްވަރާ ސްކޫލް (ށ.މަރޮށި) ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކުރީ ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެ ކުންފުނިން ށ.މުނައްވަރާ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 2،114،824.86ރ (ދެމިލިޔަން އެއްލައްކަ ސާދަހާސް އަށްސަތޭކަ ސައުވީސް ރުފިޔާ އައްޑިހަ ހަލާރި) އަށް މި މަސައްކަތް 145 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ.
ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިބްރާހިމް އެވެ.

Leave a Comment

Your email address will not be published.