ފ.ބިލެތްދޫ ސްކޫލްއާއި ފ. އަތޮޅު ފީއަލީ ގައި ހުންނަ، އަތޮޅު މަދަރުސާގެ ސައިންސް ލެބް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ފ.ބިލެތްދޫ ސްކޫލް އަދި ފ. ފީއަލި، ފ. އަތޮޅު މަދަރުސާގެ ސައިންސް ލެބް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މި ދެ ސްކޫލްގެ މި 2 މަސައްކަތް ޙަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. 

އެ ކުންފުނިން ފ.ބިލެތްދޫ ސްކޫލް ސައިންސް ލެބް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 2،385،299.93ރ (ދެމިލިޔަން ތިންލައްކަ އައްޑިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ތިންލާރި) އަށް މި މަސައްކަތް 95 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

ފ.އަތޮޅު މަދަރުސާ ސައިންސް ލެބް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 2،320،227.59ރ (ދެމިލިޔަން ތިންލައްކަ ވިހިހާސް ދުއިސައްތަ ހަތާވީސް ރުފިޔާ ފަންސާސް ނުވަލާރި) އަށް މި މަސައްކަތްވެސް 95 ދުވަހުގެ ތެރޭގައި ނިންމައި ދިނުމަށެވެ.

މިމަސައްކަތްތައް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ.

އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ ސައީދުއެވެ.

Leave a Comment

Your email address will not be published.