ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތާއި، މަލްޓިޕަރޕަސް ހޯލް އަދި ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތާއި، މަލްޓިޕަރޕަސް ހޯލް އަދި ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 20،909،982.18ރ ( ވިހި މިލިއަން ނުވަސަތޭކަ ނުވަ ހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ އަށާރަ ލާރި) އަށް މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެތާނގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫންއެވެ.

Leave a Comment

Your email address will not be published.