ލީޑިންގ ޓީޗަރުންގެ ތަޖުރިބާ ދަތުރުގެ ނިމުން ފާހަގަކޮށްފި

–  ޢަލީ ޙަސަން، ޢިއްޒުއްދީން ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ސްކޫލްތަކުގެ ކިޔަވައިދެއްވާ ލީޑިންގ ޓީޗަރުންނަށް ކުރިއަށް ގެންދެވި ތަޖުރިބާ ދަތުރުގެ ނިމުން ފާހަގަކޮށްފި އެވެ.

16 މާރިޗް 2023 ވީ ބުރާސްފަތި ދުވަހު ޢިއްޒުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.

މިނިސްޓަރގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރާއި ސްޓޭޓް މިނިސްޓަރ އާޠިޔާ ނަޞީރާއި މިނިސްޓަރުގެ ނައިބު ޝަރުމާ ނަޞީރާއި ޕާރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮރިން ރިލޭޝަންސްގެ ހެޑް ޢަބްދުﷲ އިސްމާޢީލު ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓްރީ ގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި މި ދަތުރުގައި ލީޑިންގ ޓީޗަރުން ދަސްކުރެއްވެވި އާކަންތައްތަކާއި ކުރެއްވެވި ތަޖުރިބާތައް ސްކޫލްތަކަށް އެނބުރި ވަޑައިގަތުމަށް ފަހު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށް އެދިވަޑައިގަތެވެ. އަދި މިހާރަށް ވުރެ ސްކޫލްތަކުގެ ކިޔަވައިދިނުން ހަރުދަނާކުރެއްވުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށާއި ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަތެވެ.

އެޓޯލް އެޑްވެންޗަރ ދަތުރަކީ އަތޮޅު ތެރޭގެ ތަފާތު ސްކޫލްތަކުން 43 ލީޑިންގ ޓީޗަރުން ބައިވެރިވެ ވަޑައިގަތް ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޢިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ޢިއްޒުއްދީން ސްކޫލްގައެވެ.

މި ދަތުރުގެ ބައިވެރިން އިސްކަންދަރު ސްކޫލަށްވެސް ޒިޔާރަތްކުރިއެވެ. މިއީ އެއް ހަފުތާއަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

 

 

 

Leave a Comment

Your email address will not be published.