ސްޓްރެޗަރ އާއި ފަސްޓްއެއިޑް ކިޓް ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި- ސްޓްރެޗަރ 193 ސްކޫލަކަށް ، ފަސްޓްއެއިޑް ކިޓް 56 ސްކޫލަކަށް

ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން 193 ސްކޫލަށް ސްޓްރެޗަރ އަދި 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެެވެ.

މި ރަސްމިއްޔާތުގައި މިއަދު ސްކޫލްތަކުގެ ފަރާތުން ތަކެއްޗާ ޙަވާލުވެވަޑައިގަތީ ކ. މާފުށި ސްކޫލް، ކ. ގުރައިދޫ ސްކޫލް އަދި ކ. ހުރާ ސްކޫލްގެ ޕްރިންސިޕަލުންނެވެ. މި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މި ތަކެތި ރަސްމީކޮށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ފާޠިމަތު ނަޞީރުއެވެ.

މިތަކެތި ރާއްޖޭގެ ސަރުކާރު ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަރމެންޓް ޕްރޮޖެކްޓް (މޯލްޑިވްސް ލޭމްޕް) އިން މިހާރު ވަނީ ފަށާފައެވެ.

“މޯލްޑިވްސް ލޭމްޕް” އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.

Leave a Comment

Your email address will not be published.