ކޮނޑޭ ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ކޮނޑޭ ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ 180 ދުވަސް ތެރޭގައި ނިންމާގޮތަށް، =/4,788,886.82ރ އަށް ވޯލްސީ ޕްރައިވެޓް ލިމިޓެޑާއެވެ.  މިއީ PSIP 2022 ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.
ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދުއެވެ.

Leave a Comment

Your email address will not be published.