އޯލެވެލް، އައިޖީއެސްއީ އަދި އެސްއެސްސީ އިމްތިހާން މާދަމާ ފަށަނީ

މިއަހަރުގެ އޯލެވެލް، އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު މާދަމާ ފެށޭނެއެވެ. އެސް.އެސް.ސީ އިމްތިހާން މާދަމާ ފަށާއިރު އޯލެވެލް ފަށާނީ މޭމަހު 2 ވަނަދުވަހުއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތައް ބުނާގޮތުގައި އެސް.އެސް.ސީ އިމްތިޙާނުގައި މިއަހަރު 6107 ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ. މިއީ ކުރީ އަހަރާ ބަލާއިރު މިއަހަރު 444 ކެންޑިޑޭޓުން އިތުރު އަދަދެކެވެ.

އެމިނިސްޓްރީން ހާމަކުރި މައުލޫމާތުތައް ބުނާގޮތުގައި ކޭމްބްރިޖް އައި.ޖީ.އެސް.އީ އިމްތިޙާނުގައި މިއަހަރު 6698 ކެންޑިޑޭޓުންވަނީ ބައިވެރިވެފައެވެ. މިއީ ކުރީ އަހަރާ ބަލާއިރު މިއަހަރު 759 ކެންޑިޑޭޓުން އިތުރު އަދަދެކެވެ.

މިފަހަރުގެ މި އިމްތިޙާންތައް ކުރިއަށްދާނީ 25 އެޕްރީލް 2023 އިން 8 ޖޫން 2023 ގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިޙާނު ފެށޭނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް 1 އިން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

Leave a Comment

Your email address will not be published.