ފައުންޑޭޝަން ސްޓޭޖް ޓީޗަރުން، ހިސާބު މާއްދާއަށް އަހުލުވެރި ކުރުވުމަށް ދެދުވަހުގެ ޓްރޭނިންގ އެއް

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ( އެންއައިއީ) ގެ އާރލީ ޗައިލްޑްހުޑް ޑިވިޜަނުން ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުން ހިސާބު މާއްދާއަށް އަހުލުވެރި ކުރުވުމަށް ދެދުވަހުގެ ޓްރޭނިންގ އެއް ކުރިޔަށް ގެންދަމުން އެބަދެއެވެ. މި ޓްރޭނިންގެ މަގްސަދަކީ ހިސާބު ސިލަބަހަށް ޓީޗަރުން އަހުލުވެރިކޮށް ކުލާހުގައި ކިޔަވައިދިނުން ހަރުދަނާ ކުރުމެވެ.

މިމަގުސަދުގައި ކުރިޔަށް ގެންދާ ތަމްރީން ކުރިޔަށްދާނީ އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށެވެ. މިފަހަރުގެ މިޓްރެއިނިންގގައި ބައިވެރިވަނީ މާލެ ސިޓީގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންނެވެ. މި ޓްރެނިންގައި ޖުމުލަ 157 ޓީޗަރުން ބައިވެރިވެއެވެ.

3 ސަރަހައްދަށް ބަހާލައިގެން ހިންގާ މިޓްރެއިނިންގ ބާއްވަނީ މާލެސިޓީގެ ގަލޮޅު ސްކޫލް، އަދި ހުޅުމާލެ ސިޓީގެ މުހައްމަދު ޤާސިމް ޕްރީސްކޫލް އާއި އެން.އައި.އީ ގައެވެ.

 

 

Leave a Comment

Your email address will not be published.