އެންއައީ ރެކްރިއޭޝަން ކުލަބުން މުއައްޒަފުންނަށް ބޭއްވި 2 މުބާރާތެއްގެ ނިމުން ފާހަގަކޮށްފި

1444 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބުގެ ފަރާތުން އެއިންސްޓިޓިޔުޓްގެ މުއައްޒަފުންނަށް ބޭއްވި 2 މުބާރާތެއްގެ ނަތީޖާ ފާޅުކޮށް އިނާމުދިނުން ބާއްވައިފިއެވެ. މިކަންއޮތީ މިއަދު ހެނދުނު އެންއައިއީގެ ސެމިނަރ ރޫމްގައެވެ.

އެންއައިއީގެ މުއައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި މިދެމުބާރާތަކީ ދީނީ ސުވާލު މުބާރާތާއި މަދަހަ މުބާރާތެވެ. ދީނީ ސުވާލުމުބާރާތް ރަމަޟާންމަހުގެ ތެރޭގައި ބާއްވައިފައިވާއިރު މަދަހަ މުބާރާތުގެ ބައިވެރިން، މަދަހަ ހުށަހެޅުންތައްވެސް ބާއްވައިފައިވަނީ މިއަދުއެވެ. މިހުށަހެޅުންތަކަށް އިންސާފުކޮށްދެއްވާފައިވަނީ ލަވަޔާއި މިޔުޒިކްގައި ރާއްޖޭގެ މަޝްހޫރު 3 ފަންނާނެކެވެ.

މިދެމުބާރާތުގެ ތެރެއިން ދީނީ ސުވާލު މުބާރާތުން 1 ވަނަ ހޯދީ ނުޒުޙަތު ވަޙީދުއެވެ. މަދަޙަ މުބާރާތުން ވަކިހުށަހެޅުންތަކުން އަންހެން ކެޓެގަރީން 1 ވަނަ ހޯދީ ފާތިމަތު ނުހާ އެވެ. ފިރިހެން ބައިން  1 ވަނަ ހޯދީ އަޙުމަދު ސަމީޙް އެވެ. ޑުއަޓު ހުށަހެޅުންތަކުން 1 ވަނަ ލިބުނީ ޝުހުދާ ރިޟްވާނާއި ސޫދާ ހުށަހެޅި މަދަޙަޔަށެވެ. ގްރޫޕް މަދަޙައިން 1 ވަނަ ހޯދީ މީޑިޔާ ޑިވިޝަނެވެ.

މި 2 މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ހަވާލުކޮށް ދެއްވީ އެންއައިއީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދެވެ.

މަދަޙަ މުބާރާތުގެ ހުށަހެޅުންތައް ކުރިޔަށް ގެންދިޔަވަގުތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ މަދަޙަކިޔުންތެރިޔާ ނަބްޢަތުވަނީ މަދަޙައެއް ހުށަހަޅައި ދީފައެވެ.

Leave a Comment

Your email address will not be published.