ދަރަނބޫދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ފ.އަތޮޅު ދަރަނބޫދޫ ސްކޫލުގެ ވޭތުވެ ދިޔަ 2021-2022 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ވަނީ ބާއްވާފައެވެ. މި ޖަލްސާ އޮތީ 20 އޭޕްރިލް 2023 ވީ ބުރާސްފަތި ދުވަހު ހެނދުނު 9:30ގައި ދަރަނބޫދޫ ސްކޫލް ހޯލުގައެވެ. މި ޖަލްސާގައި ދަރަނބޫދޫ ސްކޫލުގެ ވޭތުވެދިޔަ އަހަރުގައި ގްރޭޑް 7ން މަތީގެ ދަރިވަރުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ވަނީ އިނާމާއި ޓޮރޮފީ އަދި ހަނދާނީ ލިޔުން ދެވިފައެވެ.

މި ޖަލްސާގެ ޝަރަފްވެރި މިހުމާނަކީ ފ. މަގޫދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޙަމީދެވެ.

ވޭތުވެދިޔަ އަހަރު ދަރަނބޫދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ފ. ދަރަނބޫދޫ ވިކްޓްރީ ހައުސް ފިރާޝާ އާދަމް އެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް ވަނީ ޓޮރޮފީއެއް ދެއްވާފައެވެ. މީގެ އިތުރުން، ފ. އަތޮޅު ކައުންސިލާއި، ފ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދުގެ ފަރާތުންނާއި،  ފ. ދަރަނބޫދޫ ކައުންސިލާއި، ފ. ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އަދި ދަރަނބޫދޫ ސްކޫލާއި، ދަރަނބޫދޫ ސްކޫލުގެ ޕީ ޓީ އޭގެ ފަރާތުންވެސް ވަނީ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި ފ. ނިލަންދޫ ފަގީޓޯ ރެސްޓޯރެންޓްގެ ފަރާތުންވެސް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ. މި އިނާމުތައް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނެވެ.

 

Leave a Comment

Your email address will not be published.