“ޓްރެއިނިންގ އޮން އިންޓަރގްރޭޝަން އޮފް ޓުވެންޓީ ފަރސްޓް ސެންޗަރީ ސްކިލްސް އިން ޓު ކަރިކިޔުލަމް” ޓްރެއިނިންގ ޕްރޮގްރާމްގެ ފޭސް ޓު ފޭސް ސެޝަންތައް ފަށައިފި

“ޓްރެއިނިންގ އޮން އިންޓަރގްރޭޝަން އޮފް ޓުވެންޓީ ފަރސްޓް ސެންޗަރީ ސްކިލްސް އިން ޓު ކަރިކިޔުލަމް” ގެ ނަމުގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލް ސްޓާފުން ހަދަމުންގެންދާ ޓްރެއިނިންގ ޕްރޮގްރާމްގެ ފޭސް ޓު ފޭސް ސެޝަންތައް ފަށައިފިއެވެ.

މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ނޮވްލެޖް އިނޮވޭޝަން އެކްސްޗޭންޖް (ކިކްސް) އާއި އޮސްޓްރޭލިޔާގެ ކައުންސިލް ފޮރ ރިސާޗް (އޭސަރ) އާއި ނަޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގުޅިގެން ހިންގާ ޓްރެއިނިންގ ތަކެކެވެ. މިޓްރެއިނިން ޕްރޮގްރާމްގެ އޮންލައިން ސެޝަން ތައް މީގެ ކުރިންވަނީ ބާއްވާފައެވެ.

މިއަދު ފެށުނު ފޭސް ޓު ފޭސް ޓްރެއިނިންގ ޕްރޮގްރާމް ކުރިޔަށް ގެންދަވަނީ އޮސްޓްރޭލިޔާގެ ކައުންސިލް ފޮރ ރިސާރޗްގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ “އޭސަރ” ގެ ލީޑް ފެސިލިޓޭޓަރ ޑރ ކްލެއަރ ސްކޯލަރ އެވެ.

ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި މިއަދާއި މާދަމާ ބާއްވާ މިޓްރެއިނިންގގައި މަންހަޖު ގެ މައިގަނޑު ގާބިލިއްޔަތުތަކުގެ މައްޗަށް އަލުން ބަލައި ފުރިހަމަހޮތުގައި ގާބިލިޔަތުތައް ހާސިލުކުރުމުގައި އެހީވެދޭނެ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ.

Leave a Comment

Your email address will not be published.