ވޭވަށު ސްކޫލް 02 ކުލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޕީ.އެސް.އައި.ޕީ 2022 ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކުރީ 120 ދުވަސްތެރޭގައި ނިންމާގޮތަށް، 4،897،568.02ރ (ހަތަރުމިލިޔަން އަށްލައްކަ ނުވަދިހަ ހަތްހާސް ފައްސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ދެލާރި) އަށް، ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު ނައުފަލްއެވެ.