‏ވަރލްޑް ސްކޮލަރސް ކަޕްގެ ދޯހާ ގްލޯބަލް ރައުންޑް 2023ގައި ބައިވެރިވެ، ރަން ވަނަތައް ހޯދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ

ވަރލްޑް ސްކޮލަރސް ކަޕްގެ ދޯހާ ގްލޯބަލް ރައުންޑް 2023ގައި ބައިވެރިވެ، ރަން ވަނަތައް ހޯދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުންއޮތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

ޖުލައި 10 ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވިލާ އިންޓަރނެޝަނަލް ހައި ސްކޫލްގެ ކުދިން މިމުބާރާތުގައި ކޮށްފައިވާ ތަޖުރިބާތައް އަޑުއައްސަވައި، އެކުދިންނަށް މިނިސްޓަރ ތަހުނިޔާ ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ މުބާރާތުގެ ސީނިއަރ ޑިވިޜަންގެ ޗެމްޕިއަން ކަން ހޯދައިފައެވެ.

މީގެ އިތުރުން 26 ރަން މެޑަލާއި 48 ރިހި މެޑަލްވަނީ ހޯދާފައެވެ. އަދިި މުބާރާތުގެ އިންޑިވިޖުއަލް އޯވަރޯލް 13 ވަނަ އެ ސްކޫލްގެ ނާއިފު މުޙައްމަދު ވަނީ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

Leave a Comment

Your email address will not be published.