އަލްފާ މެތަޑް ބޭނުންކޮށްގެން ހުރިހާ ސަބްޖެކްޓްތަކެއްވެސް ކިޔަވައިދެވޭނެ – ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު

އަލްފާ (އެކްސެލަރޭޓެޑް ލާރނިންގ ފޯ އޯލް) އަކީ ހަމަ އެކަނި ލިޓެރަސީއާއި ނިޔުމެރަސީ އުނގަންނައިދިނުމަށް އޮތް މެތަޑެއް ނޫންކަމަށާއި އެނޫން އެހެން ސަބްޖެކްޓްތައް ކިޔަވައިދިނުމުގައިވެސް އަލްފާ މެތަޑް ބޭނުންކޮށްގެން ޒަމާނީ އާގޮތްތަކާއެކު ދަރިވަރުން ޝައުގުވެެރިވާގޮތަށް ކިޔަވައިދެވޭނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އިންޑިޔާގެ އުއްތަރުޕްރަދޭޝްގެ ވެރިރަށް ލަކަނޯ އަށް ރާއްޖޭގެ 130 ޓީޗަރުންނާއެކު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިދަތުރުގެ ފަހުދުވަހު ސިޓީ އިންޓަރނެޝަނަލް ސްކޫލަށް ކުރެއްވިޒިޔާރަތުގެ ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްދާ މިސްޓަޑީ ޓުއަރގައި މިއަދު ބައިވެެރިން ޒިޔާރަތްކުރީ ސިޓީ އިންޓަރނެޝަނަލް ސްކޫލަށެވެ. މިސްކޫލްގައި ބައިވެރިން އަލްފާ ގެތަމްރީންތައް ލިބިގަތުމުގެ އިތުރުން ސްކޫލްގައި ކިޔަވައިދެމުން ގެންދާގޮތް ތަޖުރިބާ ކޮށްފައިވެއެވެ.

މިސްޓަޑީ ޓުއަރގައި 130 ބައިވެރިޔަކު ބައިވެރިވާއިރު ރާއްޖޭގައި އަލްފާ ޕައިލެޓްކުރެވޭ 10 ސްކޫލުންވެސް ބައިވެރިން ބައިވެރިވެއެވެ. މި 10 ސްކޫލާއެކު އިތުރު 6 ސްކޫލެއްގެ ފަރާތުންވެސް މިދަތުރުގައި ބައިވެރިވެއެވެ.

ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު ކުރިން ވިދާޅުވި ގޮތުގައި އަލްފާ ޕްރޮގްރާމް މިހާރު ހިންގާ 10 ސްކޫލުގެ އިތުރުން އިތުރު ސްކޫލްތަކަށް މިޕްރޮގްރާމް ފުޅާކުރާނީ މި 10 ސްކޫލުން މިޕްރޮގްރާމުގައި ހޯދާކުރިއެރުންތަކަށް ބެލުމަށްފަހުގައެވެ.

ޚަބަރާގުޅޭ ފޮޓޯ:

l

Leave a Comment

Your email address will not be published.