“އެކްޓިވް ލާރނިންގ” ގެ މައްޗަށް ހަނިމާދޫ ސްކޫލްގައި ހިންގާ، ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ ހަރަކާތް ފެސިލިޓޭޓްކޮށް ދެއްވުމުގައި އެންއައިއީގެ ފަންނީ 2 މުއައްޒަފެއް

ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ހަނިމާދޫ ސްކޫލްގައި މިއަދު ކުރިއަށްގެންދާ ތަމްރީނީ ޙަރަކާތުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައި ގަންނަވަމުން އެބަގެންދަވައެވެ.

ފަންނީ ގާބިލްކަން އިތުރުކުރުމަށް ހދ. ހަނިމާދޫ ސްކޫލްގައި މިއަދު ހިންގާ ޙަރަކާތް އަމާޒުކޮށްފައިވަނީ ” އެކްޓިވް ލާރނިންގ” ގެ މައްޗަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ ނުވަތަ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 4 އާ ދެމެދުގައި ކިޔަވައިދެއްވާ 56 ޓީޗަރަކު މިޙަރަކާތުގައި ބައިވެރިވެއެވެ.

މި ތަމްރީން ފެސިލިޓޭޓްކޮށްދެއްވަނީ ނޭޝަނަލް އިންޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނަލިސްޓުން ކަމުގައިވާ އާމިނަތު މުޙައްމަދު އާއި ގުލްފިޝާން ޝަފީޢުއެވެ.

ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ހިނގަމުން އެބަދެއެވެ. އަދި އެހެން ބައެއް ސްކޫލްތަކުގައިވެސް އެންއައިއީގެ ފަންނީ ބޭފުޅުން ޙަރަކާތްތެރިވެވަޑައިގަންނަވަމުން އެބަގެންދަވައެވެ.

 

 

 

Leave a Comment

Your email address will not be published.