މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި އަލަށް ޢިމާރާތްކުރި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް ޢިމާރާތް، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ‬⁩ ރަސްމީކޮށް ހުޅުއްވައިދެއްވައިފި – ޖާގައިގެ މައްސަލަ ހައްލުވެ މުޙައްމަދު ޖަމާލުއްދީން ސްކޫލް އެއްދަންފަޅީގެ ސްކޫލަކަށް

ފުވައްމުލައް ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި ޢިމާރާތް ކުރި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް ޢިމާރާތް، މިނިސްޓަރ ⁦‪އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ‬⁩ ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރިގޮތުގައި މި ޢިމާރާތާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް މުޙައްމަދު ޖަމާލުއްދީން ސްކޫލް ބަދަލުވެގެންދާނެއެވެ.

މިއީ 12،012،943.03ރ އަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. 

އިތުރުފޮޓޯ:

Leave a Comment

Your email address will not be published.