ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މިކަން އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ޙަވާލުކުރީ 118 ދުވަސް ތެރޭގައި ނިންމާގޮތަށް، 4،862،054.86ރ އަށެވެ.

މިމަސައްކަތް ހަވާލުކުރީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ނޫރައްދީންއެވެ.

ކިލޯމީޓަރ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލީ ސޯލިޙްއެވެ.

Leave a Comment

Your email address will not be published.