އައްޑޫ ސިޓީގެ ސްކޫލްތަކުގެ ދިވެހި ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައްދަލުވުމެއް ބާއްވައިފި

އައްޑޫ ސިޓީގެ ސްކޫލްތަކުގެ ދިވެހި ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ދިވެހިމާއްދާ ކިޔަވައިދޭ ޓީޗަރުން މަންހަޖަށް އަހުލުވެރި ކުރުވައި އައިސްފައިވާ ބަދަލުތަކަށް ލޯހުޅުވި ހޭނުމުގެ އޮރިއެންޓޭޝަނެކެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 1ން 12އާދެމެދު ދިވެހި ކިޔަވައި ދެމުންގެންދާ ހުރިހާ ޓީޗަރުން ބައިވެރިވިއެވެ. މިބައްދަލުވުމުން ކޯޑިނޭޓް ކުރެއްވި އެންއައިއީގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް އާއިޝަތު ޝިބާނާ ވިދާޅުވީ 56 ޓީޗަރުންނަށް ފޭސް ޓު ފޭސްކޮށް މައުލޫމާތު ދެވުނު މިބައްދަލުވުމުގެ އިތުރުން، އޮންލައިންކޮށް މައުލޫމާތު ދިނުމަށްވެސް އިތުރު ބައްދަލުވުމެއް ބާއްވާނެއެވެ.

މިއަދު ބޭއްވި 6 ގަޑިއިރުގެ މިސެޝަން ފެސިލިޓޭޓްކޮށްދެއްވީ އެން.އައި.އީގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް އާއިޝަތު ޒިދުނާއެވެ. މި ބައްދަލުވުން އޮތީ އައްޑޫ ހައި ސްކޫލްގައެވެ.

 

 

Leave a Comment

Your email address will not be published.