މާލެ ސަރަޙައްދުގެ ފައުންޑޭޝަން ސްޓޭޖްގެ ދެ ސްކޫލެއްގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ޕީޑީ ޙަރަކާތްތަކެއް ހިންގައިފި

ރާއްޖޭގެ ސްކޫލް ކަލަންޑަރުގައި މިއަދު ފާހަގަ ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ އާއި ގުޅިގެން މާލޭ ސަރަޙައްދުގެ ފައުންޑޭޝަން ސްޓޭޖްގެ ދެ ސްކޫލެއްގައި ހިންގި ޕީޑީ ޙަރަކާތްތައް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ފެސިލިޓޭޓް ކޮށްދީފިއެވެ. މި ދެސްކޫލަކީ މާފަންނު ސްކޫލާއި ކިންޑަރ ޕްރީސްކޫލެވެ.

މިދެސޫލްގައި ކިޔަވައި ދެއްވާ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާގެ ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސްކޫލު ވަކިންނެވެ.

އެސެސްމަންޓް އެންޑް ޕޯޓްފޯލިއޯ އާ ގުޅޭގޮތުން މާފަންނު ޕްރީ ސްކޫލް ޓީޗަރުންނަށް ހިންގި ސެޝަން ފެސިލިޓޭޓް ކޮށްދެއްވީ އެން.އައި.އީގެ އާރލީޗައިލްޑް ހުޑް ޑިވެލޮޕްމެންޓް ސެކްޝަނުގެ ދެބޭފުޅުން ކަމުގައިވާ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް ޝިޔާމާ އަބޫބަކުރުއާއި ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް އާއިޝަތު އަޒީފާއެވެ. މި ސެޝަން ބޭއްވީ މާފަންނު ސްކޫލާއި އެން.އައި.އީގައެވެ. މި ސެޝަންގައި 29 ޓީޗަރަކު ބައިވެރިވިއެވެ.

ކިންޑަރ ޕްރީ ސްކޫލް ސެޝަން ފެސިލިޓޭޓް ކޮށްދެއްވީ ވެސް އެން.އައި.އީގެ އާރލީޗައިލްޑް ހުޑް ޑިވެލޮޕްމެންޓް ސެކްޝަނުގެ ފަންނީ ދެބޭފުޅުންނެވެ. ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް ސުވައިދާ މުޙައްމަދާއި ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް އާއިޝަތު ޝިފާ ފެސިލިޓޭޓް ކޮށްދެއްވި މިސެޝަން ބޭއްވީ ” ޕްލޭ ބޭސްޑް ލާރނިންގ އެންޑް ޓީޗިންގ ސްޓެރެޖީ” ގެ މައްޗަށެވެ.

މި ސެޝަންގައި ބައިވެރިވީ އެ ސްކޫލްގެ 21 ޓީޗަރެކެވެ. ސެޝަން އޮތީ ކިންޑަރ ޕްރީ ސްކޫލްގައެވެ.

މިދެސްކޫލްގައިވެސް މިޙަރަކާތްތައް ހިންގާފައި އެދެސްކޫލުން އެދިގެންނެވެ.

 

 

Leave a Comment

Your email address will not be published.