ދިވެހިބަހުން މުޅިން އެހެން ބަހެއް (ޕިޖިން އެއް) މިހާރު އުފެދިފައި ނެތްހެއްޔެވެ؟

(ދިރާސާގެ ތިންވަނަ ބައި)

ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް

ދިރާސާގެ ހޯދުންތަކުން ފާހަގަކުރެވުނު ބައެއްކަންކަން.

ތިރީގައިވާ ތާވަލް ތަކުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު،އަޑުގެ ގޮތުން ފާހަގަކުރެވޭ ކަންތައްތަކެވެ.

ތާވަލު:2 އަޑުތައް ބަދަލުވެފައިވާ ގޮތް އަންގައިދޭ ތާވަލު

ޖުމުލަ އިންފޯމެންޓް ކީގޮތް ދިވެހިން ކިޔައިއުޅޭގޮތް

ތާވަލު: 2 ން ފާހަގަކުރެވުނީ ޢާންމުކޮށް ދިވެހިން ބޭނުންކުރާ ބައެއް ލަފުޒުތަކުގައި ބޭނުންކުރާ އަޑުތަކުގެ ބަދަލުގައި އެހެން އަޑުތަކެއް ދިރާސާގެ ބައިވެރިން ބޭނުންކުރާކަމެވެ. ތާވަލު 1 ގެ 1 ގައި ބަޔާންކޮށްފައިވާ، މަސްރިހައިގެ ބަދަލުގައި އިންފޯމަންޓުން ކިޔާފައިވަނީ މަޝްރިހައެވެ. /s/ ގެ ބަދަލުގައި ބޭނުން ކޮށްފައިވަނީ / /ʃ ގެ އަޑެވެ. ތާވަލު 2 ގައި “ދިވެހި” މިލަފުޒުގައި އެވާ “ވ” /v/ ބުނުމުގެ ބަދަލުގައި ބޭނުން ކޮށްފައިވަނީ /b/ ބީ ގެއަޑެވެ. ތާވަލު 1 ގެ 3 ގައި ގަރުދިޔަ ބުނުމުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ގޮރުދިޔައެވެ./ /ʌ އަޑުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ /o/ އަށެވެ.

ތިރީގައިވާ ތާވަލް ތަކުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު، ލަފުޒުގެ ގޮތުން ފާހަގަކުރެވޭ ކަންކަމެވެ.

ތާވަލު: 3 ބައެއް އެޕިކްސް ދޫކުރުން

ތާވަލު 3 ން ފާހަގަވަނީ ބައެއް އެޕިކްސް ނުވަތަ ދިވެހިބަހުގައި މާނަ ފުރިހަމަކޮށްދޭ އަކުރުތައް ދޫކޮށްލައިގެން ވާހަކަ ދައްކާ ގޮތެވެ. ތާވަލު 3 ގެ 1 ގައި އެވަނީ ވަކިފަރާތަކަށް ރައްދުވާކަން ހާމަކުރުމަށް ބޭނުންކުރެވޭ “އަށް” މި އެޕިކްސް ދޫކޮށްލާފައެވެ. ބުނެފައިއެވަނީ “މިތާއައިސް” މިގޮތަށެވެ. ތާވަލު 3 ގެ 2 ގައިވެސް އެވަނީ “އަށް” ފުރިހަމައަށް ބޭނުން ނުކުރެވިއެވެ. ތަނެއް އެކަހެރިކުރާއިރު ބޭނުންކުރެވޭ “ކ” ވެސް އެވަނީ ދޫކޮށްލާފައެވެ. ތާވަލް 3ގެ3 ގައިވެސްވަނީ “އަށް” މި އަކުރު ނުލައެވެ.

ތިރީގައިވާ ތާވަލް ތަކުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު، ޤަވާޢިދުގެ ގޮތުން ފާހަގަކުރެވޭ ބައިތަކެވެ.

ތާވަލު: 4 ޖުމުލާގައި ލަފުޒު އެތުރޭ ތަރުތީބުގެ ތާވަލު

ތާވަލު4 ގައިވާ ޖުމުލަތަކުން ފެނިގެންދަނީ ޖުމުލާގައި ލަފުޒު އަތުރާފައިވާ ތަރުތީބެވެ. އިންފޯމަންޓުން ލަފުޒުތައް އަތުރާފައިވާ ގޮތަށް ބަލާލުމުން ތަފާތު ތަރުތީބުން ލަފުޒު އަތުރާފައިވާތަން ފެނިގެންދެއެވެ. މިގޮތުން ފާހަގަކުރެވޭ އެއްގޮތަކީ ފުރަތަމަ ކަންކުރާ އެއަށްފަހު، ކަން އެއަށްފަހު ކަން ރައްދުވާ އެކުލެވޭހެން ޖުމުލަ ކިޔުމެވެ. ތާވަލު 4 ގެ 5 ބައިގައިވެސް ވަނީ އެފަދައިން ކަން ފާހަގަކުރެވުނެވެ. އަދި ބައެއްޖުމުލާގައި ކަންކުރާ ގެނެސްފައިނުވާކަމާއި އެގޮތުން 2،3،4،5 ގައި ބަދަލުނަން ބޭނުން ކޮށްފައިނުވާކަން ފާހަގަކުރެވުނެވެ.

ތާވަލު: 5 ތިރީގައިވާ ތާވަލުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު،ޒަމާން ގެ ތަރުތީބަށް ގެނެވިފައިވާ ބަދަލެވެ.

އަދި ތާވަލު 5 އެނގެނީ އިންފޯމަންޓުން ބައެއް ފަހަރަށް ދިވެހިބަހުގެ ޒަމާންތަކާއި ތަޢާރުޟުވާ ގޮތަށް ދައްކާ ވާހަކަ ދައްކާކަމެވެ. ތާވަލު 5 ގެ 1 ގައި ނިމުނުކަމުގެ ޒަމާނުގައި ވާހަކަ ދައްކަންޖެހޭ ޙާލަތުގައި އިންފޯމެންޓް ވާހަކަދައްކާފައިވަނީ ހިނގަހިނގާ ހުރިކަމުގެ ޒަމާނު ބޭނުންކޮށްގެންކަން ފާހަގަ ކުރެވުނެވެ. ތާވަލު 5 ގެ 2 ގައި ނިމުނު ކަމުގެ ޒަމާނުގެ ބަދަލުގައި ގެނެސްފައިވަނީ މަސްދަރެވެ. އެއްވެސް ޒަމާނަކަށް “ނެގުން” ގެނެސްފައެއްނުވެއެވެ. ހަމަ މިއާއިއެކު، ޒަމާން އޮޅުވާލައިގެން ވާހަކަދައްކާކަން ފާހަގަ ކުރެވުނެވެ. ތާވަލު 5 ގެ 3 ގައި ބޭނުންކޮށްފައިވާ “ލިބޭ” ގެ ބަދަލުގައި “ލިބެނީ” މިބަސް ބޭނުން ކޮށްފިނަމަ އިތުރަށް މާނަފުރިހަމަ ވެގެންދާނެކަމަށް ބެލެވެއެވެ. މީގެ އިތުރުންވެސް ޤަވާޢިދުގެ ގިނަކުށްތައް އިންފޯމަންޓުންގެ ވާހަކަތަކުން ފާހަގަވެފައިވެއެވެ. ކުރިއަށް އޮތް ތާވަލުން 7 ކަމެއް ފާހަގަކޮށްފައިވާނެއެވެ.

ތާވަލު: 6 ތިރީގައިވާ ތާވަލުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު، ބޭނުންކޮށްފައިވާ ބައެއް ކުށް ޖުމުލަތަކެވެ.

ތާވަލު 6 ގެ 1 ގައި “ގެންގޮސް” ގެ ބަދަލުގައި ބުނެފައިވަނީ “ގެންގޮސްފައި” މިހެންނެވެ. މި ބުނުމުގައި “ފައި” އިތުރުކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ. 6ގެ 2 ގައި ބުނެފައިވަނީ އެކަކުގެ ބަދަލުގައި “އެއްމީހަކު” އެވެ. އެކަތި މީހުންނަށް ނިސްބަތްކުރާއިރު އެކަކު މިގޮތަށް ބަދަލުކޮށް ކިޔައި އުޅެއެވެ. 6ގެ 3 ގައި “ތިބުން” ގެ ބަދަލުގައި “ހުރުން” ބުނެފައިވާކަން ފާހަގަ ކުރެވެއެވެ. 6ގެ 4 ގައި ބޭނުންކޮށްފައިވަނީ ހުރުމުގެ އިނދިކޮޅު ނުހުރުމެވެ. އެބުނުމުގައި ހުރުންވަނީ ނަފީކޮށްފައެވެ. ނަމަވެސް އެ ޙާލަތުގައި ނަފީކުރަން ޖެހެނީ އޮތުމުގެ އިނދިކޮޅެވެ. އެއީ ނެތުމެވެ. 6ގެ 5 ގައި އިނުމާއި އޮތުން އޮޅުވާލާފައިވާކަން ފާހަގަ ކުރެވެއެވެ. 6 ގެ 6 ގައި ބޭނުންކޮށް ފައިވާ “ގޮސްފި” ގެ ބަދަލުގައި ދިވެހި ބަހުގެ ހަމަތަކުން ބޭނުންކުރަނީ “ހިނގައްޖެ” އެވެ. 6ގެ 7 ގައި ބޭނުންކޮށްފައިވާ “އެއްޗެސް” ގެ ބަދަލުގައި ބޭނުންކުރަންޖެހެނީ “އެއްޗެހި” ނުވަތަ ތަކެއްޗެވެ.

މާނައިގެ ގޮތުން ފާހަގަކުރެވޭ ކަންކަން

ތާވަލް: 7 ތިރީގައިވާ ތާވަލުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު،މާނަ ބަދަލުވާ ލަފުޒުތަކެވެ.

ތާވަލު 7 ން ފާހަގަވެގެންދަނީ ބައެއް ލަފުޒުތަކަށް ތަފާތުމާނަތަކެއް ހިމަނައިގެން އިންފޯމަންޓުން ބޭނުންކޮށްފައި ވާކަމެކެވެ. މި ގޮތުން ‘އަނެއް’ ދެ މާނައެއްގައި ބުނެފައި ވާކަން ފާހަގަކުރެވެއެވެ. އެއްމާނަޔަކީ، “ކޮންމެވެސް” ގެ މާނާގައިއެވެ. ‘އަނެއް’ ބުނެފައިވާ އަނެއް މާނަޔަކީ އެއްމެންނަށް އެނގޭ ތަނެއް ބުނެދިނުމުގެ މާނާގައެވެ. ވާހަކަ ދައްކާ ގްރޫޕަށް އަނެއް ބުނުމުން ދޭހަވަނީ “އެމީހުން ކާންދާ ހޮޓަލެވެ.” އަދި މީގެއިތުރުން “ނެގުން” މިލަފުޒުވެސް ތަފާތު މާނާގައި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. އެއްމާނަޔަކީ ކަމާއި ޙަވާލުވުމުގެ މާނައިގައެވެ. އަނެއް މާނަޔަކީ އެއްޗެއް ރޫޅާލުމުގެ މާނާގައެވެ. ދެން ބުނެފައިވަނީ ތަނަކުން އެއްޗެއް ބަދަލުކުރުމުގެ މާނާގައެވެ.

ތާވަލު: 8 ތިރީގައިވާ ތާވަލުން އެފެންނަނީ ބޭރު މީހުން ދިވެހިބަހުން ވާހަކަ ދައްކާއިރު، ސަބޯޑިނޭޓް ކްލޯޒްގެ ބަދަލުގައި ކޯޑިނޭޓް ޖުމުލަ ބޭނު ންކުރުން.

މަތީގައިފާހަގަ ކޮށްފައިއެވާ ކަންތައްތަކުގެ އިތުރުން އެތައްވައްތަރެއްގެ ގުޅުވާއަކުރު ނުވަތަ ކަނެކްޓިވްސް ގެނެވޭ މިންވަރު މަދުވުމާއިއެކު، ސަބޯޑިނޭޓް ކްލޯޒްގެ ބަދަލުގައި ކޯޑިނޭޓް ސެންޓެންސް ބޭނުންކޮށްފައި ވާކަން ފާހަގަ ކޮށްލެވޭއެވެ. ތާވަލް 8 ން ފެނިގެންދަނީ، ޖުމުލަ ގުޅުވަން މުޅިންވެސް ‘ދެން’ ބޭނުންކޮށްފައި ވާކަމެވެ. ތާވަލް 8ގެ 1 ގައި އެވާ ބުނުމުގައި، ގެންގޮސްގެން ބުނެފައި ދެންބުނަން ޖެހޭ ބަހާއި ގުޅުވަން ބޭނުންކޮށްފައިވަނީ ‘ދެން’ މި ލަފުޒެވެ. އަދި އިތުރު އަނެއް ތިން ޖުމުލާގައިވެސް (8ގެ2،3،4 ގައިވެސް) ވަނީ މި ބަޔާންކުރި ފަދައިންނެވެ.

ނުނިމޭ

ފޮޓޯ ކްރެޑިޓް: ޝިރްހާން

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.