ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި 

ތ.ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން ބާއްވައިފިއެވެ. މިކަން އޮތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

މި މަސައްކަތް ޙަވާލުކުރީ 400 ދުވަސްތެރޭގައި ނިންމާގޮތަށް،  10،686،305.77ރ އަށް، އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ފަޒުލީން މުޙައްމަދު އެވެ.

Leave a Comment

Your email address will not be published.