“ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ (ގްރޭޑް 3 އަދި 4)” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހެންވޭރު ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.
މިފަހަރުގެ ފުޓްބޯލް ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން 720 ދަރިވަރުން ބައިވެރިވިއެވެ.
މި ފިއެސްޓާގެ ގްރޭޑް 3ގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލްއެވެ. އަދި ރަނަރ-އަޕް ޓީމަކަށް ހޮވިފައިވަނީ ޞަލާޙުއްދީން ސްކޫލްއެވެ.
ގްރޭޑް4ގެ ޗެމްޕިއަން ޓީމަކަށް އިސްކަންދަރު ސްކޫލް ހޮވިފައިވާއިރު ރަނަރ-އަޕް ޓީމަކަށް ހޮވިފައިވަނީ ކަލާފާނު ސްކޫލް އެވެ.