ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގެ މުއައްޒަފުން މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުގެ ފިރިހެން މުއައްޒަފުން އެއިންސްޓިޓިޔުޓްގައި މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.

މިދުވަސް ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ހަފްލާއޮތީ އެއިންސްޓިޓިޔުޓް ހިންގަމުންގެންދާ ސްޓަރ ކްލައުޑް އިމާރާތުގެ 14 ވަނަ ފަންގިފިލާގައެވެ.

އެން.އައ.އީގެ ހުރިހާ ފިރިހެން މުވައްޒަފުން ޝާމިލްވެގެން އެއިންސްޓިޓިޔުޓްގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބޭއްވި މިހަފްލާގައި ނެޝަނަލް އިންސްޓިޓިޔުޓް ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނައިބު ޑރ. ފާޠިމަތު ނިޝާން އާއި އެންއައިއީ ގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޒިޔާދު ރަޝާދު ބައިވެރިވެ ވަޑައިގަތެވެ.

މިހަފްލާގައި ދުވަހާއި ގުޅޭ ޚާއްޞަ ޅެމަކާއި ލަވައެއް އަދި އެން.އައި.އީގެ އަންހެން މުވައްޒަފުންނާ މެދު ޝުޢޫރުފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން އަންހެން މުވައްޒަފުންނަށް ޚާއްޞަ ހަދިޔާއެއް ދިނުމާއި ދުވަހާއި ގުޅޭގޮތަށް ތައްޔާރުކުރެވިފައިވާ ދިވެހިވަންތަ ސެލްފީ ސްޓޭންޑެއްގައި ފޮޓޯނެގުންވެސް ކުރިއަށް ގެންދެވުނެވެ.

މި ހަފްލާ ނިންމާލާފައި ވަނީ ހެނދުނުގެ ނާސްތާއަކުންނެވެ.

މިދިޔަ އަހަރުވެސް އެންއައިއީ އިން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބޭއްވިއެވެ. ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ މާރޗް 8 އެވެ.

އިތުރު ފޮޓޯ:

 

Leave a Comment

Your email address will not be published.