1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި- މިޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އިއްޔެ ހެނދުނު އެންއައިއީގެ ސެމިނަރ ރޫމްގައި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ރިކްރިއޭޝަން ކްލަބުގެ ފަރާތުން 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން، ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އިއްޔެ ހެނދުނު އެންއައިއީގެ ސެމިނަރ ރޫމްގައެވެ.

މިޕްރޮގްރާމު ފެށުމުގެ ގޮތުން ޕްރޮގްރާމާބެހޭ ތައާރުފެއް ދެއްވީ، އެންއައިއީ ރިކްރިއޭޝަން ކްލަބުގެ ރައީސް އަޙްމަދު ސަމީޙްއެވެ. ކްލަބުގެ ރައީސްގެ ފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޒިޔާދު ރަޝާދު ވާހަކަދެއްކެވިއެވެ. އިއްޔެއަށް ޚާއްސަ ދަރުސްގައި ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑީން އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމްއެވެ.

ޝައިޚްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވީ ރަމަޟާން މަހުގެ މާތްކަމާއި އެމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މައްޗަށެވެ.

އެގޮތުން އަޅުގަނޑުމެންގެ ޢަމަލުތަކުގައި އިޚްލާޞްތެރިވުމާއި، މުޖުތަމަޢުގެ ތެރޭގައި އެކުވެރިކަމާއި އަމަންއަމާންކަން ފެތުރުމާއި އެއަކު އަނެކަކަށް ސަލާމް ކުރުން އާއްމު ކުރުމުގެ މައްޗަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވިއެވެ. އަދި ޤުރްއާނާއި ސުންނަތުގެ މައްޗަށް ބިނާކުރައްވައި ޝައިޚް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ދީލަތިކަން އިސްކޮށް، އެކަކު އަނެކަކަށް ކާންދީހެދުމާއި މީސްތަކުން ނިދާފައި ތިބޭ ދަންވަރުގެ ވަގުތުތަކުގައި ތެދުވެ މާތް ﷲ އަށް އަޅުކަން ކުރުމުގެ އާދަ އަށަގެންނެވުމަށް ވެސް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

މިޕްރޮގްރާމުގައި އައްޝައިޚް މަންޞޫރުގެ އިތުރުން އައްޝައިޚް ޒަމްޒަމް ފާރިޝްއާއި އަލްއުސްތާޛު ޔަޢްޤޫބު ޙުސައިން ޔޫސުފް ވެސް ވާހަކަ ދެއްކެވިއެވެ.

 

 

 

Leave a Comment

Your email address will not be published.