އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް އެމާއްދާގެ މުދައްރިސުންނަށް ތަމްރީނު ދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގުރާމް (ޓީ.އޯ.ޓީ) ގެ ފުރަތަމަ ބުރު ނިމިއްޖެ

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރުކުރުމަށް އެމާއްދާގެ މުދައްރިސުންނަށް ތަމްރީނު ދިނުމަށް ތަމްރީނުކުރާ މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގުރާމް (ޓީ.އޯ.ޓީ)ގެ ފުރަތަމަ ބުރު ކާމިޔާބު ކަމާއެކު ނިންމާ ލައިފިއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި 2024 ޖޫން 23 އިން 27 ކުރިޔަށްދިޔަ މިތަމްރީނު ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުންޙަވާލު ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙަންމަދެވެ.

2 ބުރަކަށް ބަހާލައިގެން ކުރިޔަށް ދިޔަ މި ތަމްރީނުގެ ފުރަތަމަބުރުގައި 55 ބޭފުޅުން ބައިވެރިވެ މި ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ.

އޭ.އީ.ޑީ.ޕީ ގެ އެހީގައި ކުރިޔަށްގެންދާ މިޕްރޮގުރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމްގެ 2 ބުރު ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް 113 ޓީ.އޯޓީން ތަމްރީނު ކުރެވޭނެއެވެ.

މިތަމްރީނު ޕްރޮގުރާމް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބެވެ.

 

 

 

Leave a Comment

Your email address will not be published.