“ޑްރައިވިންގ ލީޑަރޝިޕް އެކްސެލެންސް އިން އެޑިޔުކޭޝަން” ގެ ޓްރެއިނިންގ ނިމިއްޖެ

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން “ޑްރައިވިންގ ލީޑަރޝިޕް އެކްސެލެންސް އިން އެޑިޔުކޭޝަން ” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސްކޫލް މަދަރުސާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ތަޖުރިބާ ޙިއްސާ ކުރުމުގެ މަޤުޞަދުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ގެންދިޔަ މިޓްރެއިނިންގ ގައި މާލެ ސިޓީއާއި ކ.އަތޮޅުގެ ބައެއް ސްކޫލްތައް ހިމެނޭ ގޮތުން 52 ޕްރިންސިޕަލުން ބައިވެރިވެ ޓްރެއިނިންގ ފުރިހަމަކުރެއްވިއެވެ.


2024 ޖުލައި 18 އިން 20 އަށް ހުޅުމާޅޭ ޞަލާޙުއްދީން ސްކޫލްގައި ކުރިޔަށްދިޔަ މި ޓްރެއިނިންގ ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، ޚިދުމަތުގައި ތިއްބަވާ މުވައްޒަފުން ތަޒާކުރުމާއި މަސައްކަތަށް އަހުލުވެރި ކުރުމުގެ ރޮނގުން މުވައްޒަފުން ޓްރެއިންގ ކުރުމުގެ ތަޖުރިބާކާރެއްގެ ގޮތުގައި މެލޭޝިޔާއިން ވަޑައިގެންނެވި ޚަދީޖާ ޢަބްދުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުހަންމަދެވެ.

މި ޓްރެއިނިންގ އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުލް ލަތީފް މުޙައްމަދެވެ.

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙައްމަދެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި އެން،އައި،އީ ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ޑޮކްޓަރ ފާތިމަތު ނިޝާން ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

Leave a Comment

Your email address will not be published.