ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙް އާލާކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންފަށްޓަނީ

ކުރިއަށްއޮތް ރަމަޟާން މަހާއި ގުޅުވައިގެން ދަރިވަރުންގެ ކިބައިގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ސިސްސިލާ ބައްދަލުވުންތަކެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއިއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންގޮސްފިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގެ ރަށްތަކުގެ ސްކޫލްތަކާއި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެކު، ކުރިއަށްގެންދެވުނު ސިލްސިލާ ބައްދަލުވުންތަކުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނާއިމެދު ލޯބި އުފެއްދުމާއި، ސްކޫލް މާޙައުލުގައި ދަރިވަރުންނަށް ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަސްވާ ކޮންމެ ކަމަކީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އާދަކޮށް ކުރާކަންކަމަށް ހެދުމެވެ.

އެގޮތުން ކީ ސްޓޭޖް 1 ން ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް، ރަމަޟާން މަހާއި، ކީރިތި ޤުރްއާނާއި، ފިތުރު ޢީދުގެ އިތުރުން އަޟްޙާޢީދާއި، ސަލާމްކުރުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބާރު އަޅާ މަސައްކަތް ކުރުމާމެދު މަޝްވަރާކުރެވުނެވެ. މީގެއިތުރުން  ނަމާދު ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި، ދުޢާތަކާއި، އަދި އެ ދަރިވަރަކު ކިޔަވާ ގްރޭޑެއްގައި ކިޔަވައިދެވޭ މިންވަރަށް ޤްރުއާން ކިޔެވުމާއި، ރަމްޟާންމަހާގުޅޭގޮތުން ޕްރޮޖެކްޓުތައް ދަރިވަރުނަށް ދިނުމަށްވެސް މަޝްވަރާކުރެވުނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް، ރަމްޟާން މަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކޯޑިނޭޓްކުރައްވާނީ އެން.އައި.އީގެ ކަރިކިއުލަމް ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ހަސަންލަބީބެވެ.

Leave a Comment

Your email address will not be published.