ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އާންމު ޤަވާއިދުގެ ބާބުތައް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފި

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އާންމު ޤަވާއިދުގެ ބާބުތައް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީގެ އިތުރުން، މި މަޝްވަރާތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އއ. އުކުޅަހުގައި ހުންނަ “އުކުޅަސް ކޮންވެންޝަން ސެންޓަރ” ގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި އާންމު ޤަވާއިދުގެ 6 ބާބުގެ މަޝްވަރާތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

ތަޢުލީމުގެ ޤަވާއިދުގެ ދަށުން ހަދަން ޖެހޭ އުސޫލުތަކާއި އާންމު ޤަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ގެޒެޓްކުރަން ޖެހެއެވެ. އެގޮތުން މިހާތަނަށް ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ޓީޗަރސް ރެޖިސްޓްރޭޝަން ބޯޑި އެކުލަވާލެވިފައިވާ އިރު، ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު ވަނީ ގެޒެޓްކުރެވިފައެވެ.

Leave a Comment

Your email address will not be published.