ސްކޫލުތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމު ފަށައިފި

އޯލެވެލް އިމްތިހާނުގައި 03 މާއްދާއަށްވުރެ މަދުން ބައިވެރިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް، ބައެއް ސްކޫލުތަކުގައި ހިންގަން ފަށައިފިއެވެ.

މިއީ އޯލެވެލްގައި ތިން މާއްދާއަށްވުރެ މަދުން ބައިވެރިވާ ދަރިވަރުންނަށް އަމާޒުކޮށް އެކުދިން ސްކޫލުން ވަކިވެގެންދާއިރު ދިރިއުޅުމުގައި ބޭނުން ހިފޭނެ ހުނަރެއް ދަސްކުރުމަށް ދެވޭ ފުރުޞަތެއްގެ އިތުރުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެން.އައި.އީން ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ މިހާތަނަށް 5 ސްކޫލެއްގައި މި ޕްރޮގްރާމް ވަނީ ފެށިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ކޮމްޕިއުޓަރ ހާޑްވެއަރ، ހައުސްކީޕިންގ، އެގްރިކަލްޗަރ، ފްރަންޓް އޮފީސް، އިލެކްޓްރިކަލް ވަޔަރިންގ ފަދަ ކޯސްތައް ހިމެނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކޯހެއް ހިންގުމަށް ޝައުގުވެރިވާ ސްކޫލުތަކަށް އެފުރުޞަތު މިހާރުވަނީ އެން.އައި.އީން ހުޅުވާލާފައެވެ.

Leave a Comment

Your email address will not be published.