ލިޓެރަސީ އެމްބެސެޑާރސް ޓްރެއިނިންގ

ރިޕޯޓް

 (ފުރަތަމަ ދުވަސް)

ލިޓެރަސީ އެމްބެސެޑަރ ޓްރޭނިންގެ ހުރިހާސެޝަންތަކުގައިވެސް ޓީޗަރުންނަށް ފޯރޮކޮށްދެވޭ މަޢުލޫމާތު އަމާޒު ކުރެވިފައިވަނީ، އުނގަންނައި ދިނުން ކާމިޔާބު ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ބައިވެރިންނަށް ލިބިދެވޭ ގޮތަށެވެ. އެގޮތުން މި ޓްރޭނިންގެ ފުރަތަމަދުވަހުގެ ސެޝަންތަކަށް ބަލާއިރު ބައިވެރިންނަށް އެންމެ ފުރަތަމަ ގެންދެވުނީ “ސަރކަލް ޓައިމް” ސެޝަނެވެ.

މިއީ ދަރިވަރުންންގެ ވާހަކަދެއްކުމާއި، އަޑުއެހުމުގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންކުރާ އެއް ސްޓްރެޓެޖީ އެވެ.

މި ސްޓްރެޓެޖީގެ ބޭނުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 6 ގެ ކުދިންނަށް އަމާޒުކޮށްގެން ބޭނުންކުރެއެވެ. އަދި މި ތަމްރީނުގައި “ސާރކަލް ޓައިމް” ސްޓްރެޓެޖީ، ކީސްޓޭޖް 2 އިން މަތީގެ ކީ ސްޓޭޖްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދެވުނެވެ.

އެގޮތުން މި ސެޝަނުގައި ބައިވެރިން ޢަމަލީގޮތުން ބައިވެރިކުރުވާ ގްރޫޕްތަކުގެ މެދުގައި “ސާރކަލް ޓައިމް” ކުރިއަށްގެންދެވުނެވެ. އަދި “ސާރކަލް ޓައިމް” ކުރިއަށް ގެންދިޔަ ގޮތުގެ މައްޗަށް މަޝްވަރާކޮށް ރަނގަޅުކުރަންވީ ކަންކަން ބައިވެރިން ގްރޫޕްތަކުގެ މެދުގައި ޙިއްސާކުރެވުނެވެ.

ލިޓެރަސީ އެމްބެސެޑަރުންނަށް ކުރިއަށްގެންދެވޭ މި ސެޝަންތަކުގައިވެސް އެންމެ މުހިންމު އެއްބަޔަކީ ” އަޑުއެހުމާއި ވާހަކަ ދެއްކުން” ކަމުގައިވާތީ، މިބައިތައް ކިލާސްރޫމުގައި ކުރިއަށްގެންދެވިދާނެ އެކި ސްޓްރެޓެޖީސްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީ، މަޝްވަރާކުރެވުނެވެ.

އެގޮތުން “އެޕަލް ސްޓރެޓެޖީ” އާއި  ކްލާސްރޫމުގައި “އޯޕަން އެންޑެޑް” ސުވާލާއި “ކްލޯސް އެންޑެޑް” ސުވާލުތަކުން ނިކުންނާނެ ނަތީޖާ ބައިވެރިންނަށް ކިޔައިދެވުނެވެ. އަދި ދަރިވަރު ފިލާވަޅަށް ޝައުގުވެރިކުރުމަށް ސުވާލު ބަށްޓަންކުރާނެގޮތްތައް ކިޔަދެވުނެވެ.

ކިލާސްރޫމަކީ ހަމައެކަނި މުދައްރިސުން ވާހަކަދައްކާ ތަނަކަށް ހެދުމުގެ ބަދަލުގައި، ދަރިވަރާއި މުދައްރިސްގެ ބައިވެރިވުން އޮންނަ މަޝްވަރާކުރެވޭ މާޙައުލަކަށް ހެދުމަށް ބައިވެރިންނަށް ބުނެދެވުނެވެ.

ބަހުގެޢިލްމުގެ ފިލާވަޅުތަކަކީ ހަމައެކަނި ބަހުގެ މާއްދާތަކުގައި ހިމެނޭ ބައެއް ނޫންކަމާއި، ހުރިހާ މާއްދާތަކެއްވެސް ކިލާސްރޫމުގައި ކިވައިދިނުމުގައި ބަހުގެ ޢިލްމު ބޭނުންކުރެވިދާނެ ގޮތްތައް ބައިވެރިންނަށް މި ސެޝަނުގައި ބުނެދެވުނެވެ.

Leave a Comment

Your email address will not be published.