ލިޓެރަސީ އެމްބެސެޑާރސް ޓްރެއިނިންގ

ރިޕޯޓް

(ދެވަނަ ދުވަސް)

ލިޓެރަސީ އެމްބެސެޑަރުން ތަމްރީނު ކުރުމުގެ 2 ވަނަ ދުވަހުގެ ސެޝަންތަކަށް ބަލާލާއިރު،  ބައިވެރިންނަށް އެންމެ ފުރުތަމަ ކުރިއަށްގެންދެވުނީ  “ފޮނީމް އެވެއަރނެސް”ގެ ގަޑިއެވެ.

ފޮނީމް އެވެއާރނެސް އަކީ ދަރިވަރުންނަށް އަކުރުތަކުގެ އަޑުތައް ކިޔަވައިދިނުމެވެ. އެގޮތުން އަކުރުގެ ނަން ކުދިންނަށް ބުނެ ނުދީ، އެ އަކުރެއްގެ އަޑުން އަކުރު ދަރިވަރަށް ދަސްކޮށްދޭނެ ގޮތްތަކާއި، ފޮނިމް އެވެރނެސް ގަޑިތަކަށް ދަރިވަރުން އަހުލުވެރި ކުރާނެ ގޮތްތައް ބައިވެރިނަށް ބުނެދެވުނެވެ.

ދަރިވަރު އަކުރަތުތައް ދަސްކުރަން ފަށާއިރު އެންމެ ފުރަތަމަކިޔާނެ އަކުރުތަކާއި، މަރުޙަލާތައް ބައިވެރިންނަށް ބުނެދީ، އެ މަރުޙަލާތަކުގައި ކިޔަވައިދޭން ބޭނުންކުރެވިދާނެ އުކުޅުތައް ބުނެދެވުނެވެ.

ތަމްރީނުގެ ބައިވެރިންނަށް ދެވަނަ ގަޑިއަކަށް ގެންދެވުނީ “ފޮނިކްސް” ގަޑިއެވެ.

ފޮނިކްސް އަކީ އަކުރުތަކުގެ ބަށްޓަމާއި، އަކުރުތައް ލިޔާނެ ގޮތާއި، އެ އަކުރުތަކުން ނިކުންނާނެ އަޑުތައް ބުނެދިނުމެވެ.

މި ބައިގައި ފައުންޑޭޝަން ސްޓޭޖްގައި ދަރިވަރު އަކުރު ދަސްކުރާއިރު އަކުރުގެ އަޑު ދަސްކުރާނެގޮތާއި އަކުރު ލިޔާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދެވުނެވެ. އަދި ކިލާސް ރޫމުގައި މުދައްރިސް ދަރިވަރަށް އަކުރުތަކުގެ ބަށްޓަން ދަސްކޮށްދިނުމުގައި ފަންސުރުގައި ހިފަން ދަސްކޮށްދޭނެ ގޮތާއި، ދަރިވަރުންގެ ޝައުގުވެރިކަން ކިލާސް ރޫމަށް ގެނެއައުމަށް ކުރެވިދާނެ އެކި ޙަރަކާތްތަކާއި، ތައްޔާރުކުރެވިދާނެ ރިސޯސް މެޓީރިއަލްތައް ހަދާނެ ގޮތް ބައިވެރިންނަށް ކިޔައިދެވުނެވެ.

ތަމްރީނުގެ ބައިވެރިން ޢަމަލީގޮތުން ކިލާސް ރޫމެއްގެ މިސާލު ނަގައި ފޮނިސް ކުލާހެއް ކުރައަށްދާނެ ގޮތް ގްރޫޕްތަކުގެ މެދުގައި ކުރިއަށްގެންދިޔައެވެ. އަދި ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށް ބައިވެރިންގެ މެދުގައި ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވުނެވެ.

ތިންވަނަ ގަޑިއަކަށް ބައިވެރިންނަށް ކުރިއަށްގެންދިޔައީ “ޝެއާރްޑް ރީޑިންގ”އެވެ.

ޝެއާރޑް ރީޑިންގ އަކީ ފަތްފުއްތަކުގައި ހުންނަ އަކުރުތައް ކުދިންނަ ދައްކައިގެން އެކުދިންނާއި މުދައްރިސް ބައިވެރިވެގެން ކިޔުމެވެ.

އެގޮތުން ކޮންމެ ކިލާހެއް ވެސް ފަށައިގަންނައިރު ކުދިންގެ ޝައުގުވެރިކަން ކިލާހަށް ގެނައުމަށް ވާހަކަފޮތެއް ދަރިވަރުންނާއި ގުޅިގެން މުދައްރިސްކިޔައިދިނުން މުހިންމުކަމުގައި ބައިވެރިންނަށް ބުނެދެވުނެވެ.

އަދި ކިޔައިދޭ ވާހަކަ ނުވަނަތަ ލިޔުމަކާއި ގުޅޭގޮތުން ސުވާލު އެފެއްދުމާއި، އެ ސުވާލުތަކުގެ ޖަވާބު ހޯދައި ދަރިވަރާއި މުދަރިސް މަޝްވަރާކުރާނެ ގޮތްތަކާއި އުކުޅުތައް ބައިވެރިންނާ ޙިއްސާކުރެވުނެވެ.

ބައިވެރިންގ ހަތަރުވަނަ ގަޑީގައި ކުރިއަށްގެންދެވުނީ “ރިޑިންގް އެލައުޑް”ގަޑިއެވެ.

ރީޑިންގް އެލައުޑް އަކީ މުދައްރިސް ނުވަތަ ދަރިވަރަކު ކިލާހަށް އަޑުހަރުކޮށް ވާހަކައެއް ނުވަތަ ލިޔުމެއް ކިޔައިދިނުމެވެ.

މި ގަޑީގައި އަޑަށް ބަދަލުގެނެސް ވާހަކައި ގައި ހިމެނޭ ތަފާތު ޝަޚުޞިއްޔަތުތަކުގެ އަޑުން ދަރިވަރުންނަށް ކިޔައިދޭނެ ގޮތްތައް ބައިވެރިންނަށް ބުނެދެވުނެވެ. އަދި މަންޒަރުން ދޭހަވާ ކަންކަން މުދައްރިސް ނުވަތަ ދަރިވަރުން ކިޔައިދޭ ގަޑިއަކަށް މި ގަޑި ހަދާނެގޮތް ބުނެދެވުނެވެ.

ފަސް ވަނީ ގަޑީގައި ކުރިއަށް ގެންދިޔައީ “ރިޑިންގ ފްލުއެންސީ”ގެ ގަޑިއެވެ.

ރީޑިންގް ފްލުއެންސީ އަކީ ދަރިވަރަށް ފަރިތަކަމާއިއެކު ކިޔަން ދަސްކޮށްދިނުމެވެ. އެގޮތުން ކިޔަން ދަސްކޮށްދޭއިރު އެކި ކުދިންގެ ހުންނަ ކިޔުމުގެ ޤާބިލިއްޔަތު ހުރި ނެތް ފެންވަރު ދެނެގަންނާނެ ގޮތްތަކާއި، ކިޔަން ދަސްކޮށްދޭން ފަށާނެ ހިސާބުތައް ބައިވެރިންނަށް ބުނެދެވުނެވެ.

އަދި ދަރިވަރުންނަށް ކިޔަން ދަސްކޮށް ދޭނެގޮތުގެ ޢަމަލީ މިސާލުތަކެއް މި ގަޑީގައި ގްރޫޕްތަކުގެ މެދުގައި ކުރިއަށްގެންދެވުނެވެ.

2 ވަނަ ދުވަހުގެ ސެޝަން ނިންމާލީ “ކްރިއޭޓިވް ރައިޓިންގ” ގަޑިންނެވެ.

ކްރިއޭޓިވް ރައިޓިންގ އަކީ އުފެއްދުންތެރި ޚިޔާލުބޭނުންކޮށްގެން ލިޔެވޭ ލިޔުންތަކެވެ. އެގޮތުން ދަރިވަރުންނަށް ފައުންޑޭޝަން ސްޓޭޖުގައި ކްރިއޭޓިވް ރައިޓިން ދަސްކޮށް ދޭނީ އެކުދިންގެ ޚިޔާލުބޭނުކޮށްގެން އެކި ކުރެހުންތައް ކުރައްސައި، ދައްކައިދީގެންކަމާއި، ޖުމްލަތައް ބަށްޓަންކުރަން އެކުދިންގެ ޚިޔާލުހޯދުމަށް ކިލާސްރޫމުގައި ކުރެވިދާނެ ކަންކަމާއި އުކުޅުތައް ބައިވެރިންނަށް ބުނެދެވުނެވެ.

އަދި ކްރިއޭޓިވް ރައިޓިންގައި ބޭނުންކުރާ އެކި މޮޑެލްތަކާއި، ސްޓްރެޓެޖީތައް ބައިވެރިނާއެކު މިސެޝަން ނިމުނުއިރު ބުނެދީ އެކަންކަމުގެ މައްޗަށް މަޝްވަރާކުރެވުނެވެ.

Leave a Comment

Your email address will not be published.