ހއ.އަތޮޅު ތައުލީމީ މަރުކަޒުން އިންޓަރހައުސް ފުޓުބޯޅަ މުބާރަތަކާއި ހޭންޑު ބޯޅަ މުބާރާތްތަކެއް ބާއްވައިފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިންޓަރ ހައުސް ފުޓު ބޯޅަ މުބާރާތަކާއި، ހޭންޑްބޯލް މުރާތްތަކެއް ބާއްވައިފިއެވެ.

13 މާރިޗް 2022 އިން 19 މާރިޗް 2022 އަށް އެ ސްކޫލްގައި ކުރިއަށްގެންދިޔަ މި މުބާރާތްތަކުގެ ތެރެއިން ފިރިހެން ދަރިވަރުންނަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ އިންޓަހުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންސް ޓީމަކީ އަލިމަސް ހައުސްއެވެ. މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފީރޯޒް ހައުސްގެ ނަފީޒް އިސްމާއިލެވެ.

 

ހއ.އޭ.އީ.ސީގެ އަންހެން ދަރިވަރުންނަށް ދެ ޢުމުރުފުރާއަށް ބާހަލައިގެން ހޭންޑް ބޯލް މުބާރާތްތަކެއް ކުރިއަށްގެންދެވިފައެވެއެވެ. އެގޮތުން ހޭންޑްބޯލް ޖޫނިއަރސް މުބާރާތުގެ ޗެމްޕިއަންސް ޓީމަކީ އަލިމަސް ހައުސްއެވެ.

 

 

ހޭންޑްބޯލް ސީނިއަރސް މުބާރާތުގެ ޗެމްޕިއަންސް ޓީމަކީ ޔާގޫތު ހައުސް އެވެ.

ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ހުނަރު ކުރިއެރުވުމަށާއި، ދުޅަހެޔޮސިއްޙަތެއްގައި ދަރިވަރުން ތިބުމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވުނު މި މުބާރާތްތަކަށް ހއ.އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅު ހޮސްޕިޓަލާއި، ޗޭނު ޖަމިއްޔާ، މިލްޑް ސްޕޯޓްސް ކްލަބާއި ހއ. ދިއްދޫ ޔޫތްސެންޓަރުގެ އެހީތެރިކަންލިބިފައިވެއެވެ.

Leave a Comment

Your email address will not be published.