ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެވަނަ ޕީޑީ ބާއްވައިފި

މުދައްރިސުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޕީޑީ ސެޝަން) 2022 މާރިޗު 27 ދުވަހު ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާއިފިއެވެ.

މިސެޝަންގައި ކިޔަވައިދެއްވީ ނޭޝެނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސްކޫލް އޮފް ރިސާޗް އެންޑް ޑިވެލޮޕްމެންޓުން އަލްފާޟިލާ ޝުހުދާ ރިޟްވާން އެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވީ “ބްލެންޑެޑް އެންޑް ފްލިޕް ޓީޗިން ޕެޑަލޮޖީ” މި ސުރުޚީގެ މައްޗަށެވެ. މި ސެޝަންގައި ލިބުނު މަޢުލޫމާތުގެ އަލީގައި ޓީޗިން ޓެކްނިކްސްގެ ދަށުން ދަރިވަރުންނާ ގުޅިގެން ފިލާވަޅުތައް ގެންދާނެގޮތާއި، އައި.ސީ.ޓީގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުންކޮށް ދަރިވަރުންނާ ވީހާ ބޮޑަށް ގުޅިގެން މައުލޫމާތު ދެވޭނެ ގޮތްތައްވެސް ދަސްކޮށްދެއްވިއެވެ.

ހެނދުނު 08:00 ން ފެށިގެން މެންދުރު 12:00 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސްކޫލްގެ ހުރިހާ މުދައްރިސުންނާއި ލީޑިން ޓީޗަރުން ބައިވެރިވެލެއްވިއެވެ. މިއީ މި ހިނގާ ދިރާސީ އަހަރު އެ ސްކޫލްގައި ގެންދެވުނު 2 ވަނަ ޕީޑީ ސެޝަން އެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި މިފަދަ އެހެން ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގަމުން ގެންދެވޭނެއެވެ.

Leave a Comment

Your email address will not be published.