ކަލާފާނު ސްކޫލްގެ ދިވެހި އަދަބީ ފޯވަހި ފެށިއްޖެ

2022 ވަނަ އަހަރުގެ ކަލާފާން ސްކޫލްގެ ގްރޭޑް 1-10 ގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ދިވެހި އަދަބީފޯވަހި ފެށިއްޖެއެވެ.  ދިވެހި އަދަބީ ފޯވަހީގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސައި، ދަރިވަރުންގެ ކިބައިގައި ދިވެހިބަހުގެ ހުނަރު ކުރިއެރުވުމެވެ.

ސްކޫލްގެ ހުރިހާދަރިވަރުންނަށް ބައިވެރިވެވޭނެގޮތަށް އިންތިޒާމުކުރެވިފައިވާ މި ފޯވަހީގެ ޙަރަކާތްތައް ގެންދެވޭނީ 2 ބަޔަކަށް ބަހާލެވިގެންކަމަށާއި، ސްކޫލް ފެންވަރުގަ އާއި އިންޓަރ ކްލާސް ފެންވަރުގައި ހިންގޭޙަރަކާތްތައް މި ފޯވަހީގައި ހިމަނާލެވިފައިވާނެކަމަށް އެ ސްކޫލުން ހަމާކުރެއެވެ.

ކަލާފާނު ސްކޫލުން އިތުރަށް މަޢުލޫމާތު ދިންގޮތުގައި، ކިލާސް ފެންވަރުގައި ހިންގޭ ބުރުގައި ކްލާހުގެ ހުރިހާކުދިން ބައިވެރި ކުރެވޭނެއެވެ. އަދި ވާދަކުރާއިރު ފާހަނގަ ކޮށްލެވޭ އެންމެ ރަގަޅު ކުދިން އިންޓަރ ކްލާސް ބުރުގައި ވާދަ ކުރުމުގެ ފުރުސަތު ދެވޭނެއެވެ.  އަދި މި ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ލިޔުންތެރިކަމާއި ކިޔުންތެރިކަން ކުރިއެރުމުގެ އިތުރުން އަޑުއެހުމާއި ވާހަކަދެއްކުމުގެ ހުނަރު ވެސް ތަރައްޤީވާނެކަމަށް ދެކޭކަމުގައި އެ ސްކޫލުން މަޢުލޫމާތުދިނެވެ.

Leave a Comment

Your email address will not be published.