ކަލާފާނު ސްކޫލްގެ އަހަރީ ކެޑޭޓް ކޭމްޕް ކާމިޔާބު ކަމާއެކީ ނިންމާލައިފި

2022 ވަނަ އަހަރުގެ ކަލާފާނު ސްކޫލުގެ އަހަރީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.  މާރިޗު މަހުގެ 25 އަދި 26 ވަނަ ދުވަހު ބޭއްވުނެވެ މި ކޭމްޕުގެ  މަޤްސަދަކީ، ދަރިވަރުންނަށް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ތަފާތު ކަންތައްތަކުގައި ބޭނުންކުރާނެ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުން ކަމުގައި ކަލާފާނު ސްކޫލުން މަޢުލޫމާތުދެއެވެ.

ކެޑޭޓް ކޭމްޕުގައި ދަރިވަރުންނަށް، މައްސަލަ ޙައްލު ކުރުން، ޓީމެއްގައި މަސަކަތް ކުރާނެ ގޮތް، އަލިފާން ނިއްވުން، ފުރަތަމަ އެހީ އަދި ސަރކިޓް ޓްރެއިނިން ފަދަ ތަފާތު ޙަރަކާތްތަކާ އެކު ގަޑިން ގަޑިއަށް ކަންކަން ނިންމުމާއެކު ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ދަސްކޮށްދެވުނެވެ. އަދި  މި ޙަރަކާތްތަކުން ދަރިވަރުންނަށް ވަރަށް ގިނަ މަޢުލޫމާތު އަދި ހުނަރުތައް ދަސްވެގެން ދިޔަކަމުގައިވެސް އެ ސްކޫލުންމަޢުލޫމާތުދިނެވެ.

ޖުމްލަ 73 ދަރިވަރުންނާއެކު ފެށުނު މި ޓްރެއިނިންން ކޭމްޕް ކާމިޔާބު މަކާއެކު ނިންމާލެވުނީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ ގެ އެހީތެރިކަމާއި އެކުގައިއެވެ.

Leave a Comment

Your email address will not be published.