ކަލާފާނު ސްކޫލް ގްރޭޑް 10ގެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފި

2021-2022 ވަނަ އަހަރު ކަލާފާން ސްކޫލްގެ ގްރޭޑް 10 ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

14 އޭޕްރިލް 2022 ކަލާފާނު ސްކޫލް ހޯލުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްކެވި ވާހަކަ ފުޅުގައި ދަރިވަރުންނަށް ލިބޭ ހުސްވަގުތުތައް ފައިދާކުރަނިވި ގޮތެއްގައި ހޭދަކުރުމަށާއި ރަގަޅު ނަތީޖާއެއްހޯދުމަށް މަސައްކަތްކުރުމަށް އައްޒަ ދަރިވަރުންނަށް ނަސޭޙަތްތެރިވެލެއްވިއެވެ. އަދި  އޯލެވެލް އިމްތިޙާން ނިމުމަށްފަހު އެލިބޭ މަހެއްހާދުވަހުގެ ޗުއްޓީގައި މުޖްތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ވޮލަންޓިއަރ ޙަރަކާތް ތަކުގައިޝާމިލްވެ އުޅުމަކީ ދަރިވަރުންނަށް ނުހަނު ގިނަ ހުނަރާއި މަޢުލޫމަތު ލިބި އަދި އެކުދިންނަށް އިތުރަށް މުޖުތަމަޢުގެ ތަފާތު ކަންކަމަށް ލޯހުޅުވުމަށް ލިބޭނެ ރަނުގެ ފުރުސަތެއްކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ރަޙްމާ ޢަބްދުއްރަޙުމާންވެސް ޙާޒިރީންނާއި މުޚާތަބުކުރައްވައި ވާކަހަކަދެއްކެވިއެވެ. އެގޮތުން ޕްރިންސިޕަލްގެ ވާހަކަފުޅުގައި ގްރޭޑް 10 ނިމިގެން ދާއިރު ހިތްވަރާއެކު މަސައްކަތްކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ މުހިންމުކަމާއި، މައިންބަފައިންނަށް ކަމޭހިތުމާއި އިޙްތިރާމް ކުރުމާއެކު ދީނީ ކަންކަން އަބަދުވެސް އިސްކުރަން ދަރިވަރުންނަށް ހަދާންކޮށްދެއްވިއެވެ.

ސްކޫލްގެ އެންމެހާ މުއައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން ސްކޫލަށް ލިބޭއެހީތެރިކަމާއި އެއްބާރުލުންފާހަގަކޮށް އެފަރާތްތަކަށް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވިއެވެ.

މި ޙަފްލާގައި ސްކޫލްގެ ސިނިއަރ މެނޭޖްމަންޓް ގެ އެންމެހާ ބޭފުޅުންނާއި، ހުރިހާޓީޗަރުން، ޕީޓީއޭގެ މެންބަރުންނާއި ގްރޭޑް 10 ގެ ދަރިވަރުންގެ އެންމެހާ ބެލެނިވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Leave a Comment

Your email address will not be published.