ކަލާފާނު ސްކޫލްގައި ރަމަޟާންމަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމް ބާއްވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަންގަވައިގެން ސްކޫލްތަކުގައި ފައްޓަވާފައިވާ، އިސްލާމްދީނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ހިންގޭ ޙަރަކާތުގެ ދަށުން ކަލާފާނު ސްކޫލުގެ ދަރިވަރުންނަށް ރަމަޟާމް މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމް ބާއްވައިފިއެވެ.

މި ޙަރަކާތް ބޭއްވީ އޭޕްރީލް 21 ވީ ބުރާސްފަތި ދުވަހުގެ ސެޝަން ގަޑީގައެވެ. ދެސެޝަން ވަކިން ކުރިއަށްގެންދިޔަ މިޙަރަކާތުގައި މެންދުރުކުރީ ދަންފަޅީގެ ދަރިވަރުންނަށް ދަރުސްދެއްވީ ކަލާފާނު ސްކޫލްގެ އިސްލާމް މުދައްރިސް އައްޝައިޚް މުޙައްމަދު އަފްޒަލް އެވެ. އަދި މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުންނަށް ދަރުސްދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ، ގެ ޑީން އަލްއުސްތާޛު  މުޙައްމަދު މަންޞޫރު އާދަމް އެވެ.

މި ދަރުސް ގައި އަލިއަޅުވާލީ ރަމަޟާން މަހުގެ މާތްކަމާއި، ފަރުޟުރޯދައިގެ ދަރުމައާއި ސަވާބުގެ އިތުރުން ލައިލަތުލްޤަދުރީގެ މާތްކަމާއި އެރޭގެ ދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތް ކުރާނެ ގޮތުގެ މައްޗަށެވެ.

ދަރުސް އަށްފަހު ކޮންމެ ސެޝަންއެއްގައިވެސް ސްކޫލް ހޯލުގައި، ބޮޑުޖަމާއަތުގައި މެންދުރުނަމާދު ކުރުން އޮތެވެ.

މި ސެޝަނަކީ ސްކޫލްގައި އިސްލާމްދީނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ހިންގާ ޕްރޮގުރާމުގެ ދަށުން މިރޯދަމަހުގެ ތެރޭގައި ހިންގުނު ތިންވަނަ ޙަރަކާތެވެ.

Leave a Comment

Your email address will not be published.