ކަލާފާނު ސްކޫލްގެ އޯޕަން މަދަޙަ މުބާރާތް ބާއްވައިފި

 

2022-2021 ވަނަ އަހަރުގެ ކަލާފާން ސްކޫލްގެ ގްރޭޑް 1-10  ގެ ދަރިވަރުންނަށް ހުޅުވާލައިގެން ގްރޭޑް ފެންވަރުގައި ބޭއްވުނު މަދަޙަ އޯޕަން މުބާރާތް ނިމިއްޖެއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ބޭވުނު މުބާރަތުގެ މަގޤްޞަދަކީ، ކަލާފާނު ސްކޫލްގެ މަދަޙަ ކިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މަދަޙަ ހުށައެޅުމުގެ ފުރުޞަތު ހޯދައިދިނުމާއެކު، ދަރިވަރުންގެ ކިބައިގަ ހުންނަ މިފަދަ ފަންނީ ޤާބިލްކަން އިތުރަށް ކުރިއެރުވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ޖުމްލަ 221 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ދަރިވަރުންގެ ވަރަށް ރީތި އަދި އެހާމެ ތަފާތު ހުށަހެޅުންތައް ފެނިގެން ދިޔައެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން މިމަހު 26ގައި  ބޭއްވޭނެއެވެ.

Leave a Comment

Your email address will not be published.