އެކްސެލް އިންޓަރ ނޭޝަނަލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ނޭޝަނަލް އިނސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޔުނިޓުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގައި ޕީ.ޑީ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

އެކްސެލް އިންޓަރ ނޭޝަލް ސްކޫލްގެ ކެމްޕަސް 1 ގައި މިއަދު ކުރިއަށްދިޔަ މި ސެޝަނުގައި މައިގަނޑު ގޮތެއްގައި ޓީޗަރުންނަށް  މަޢުލޫމާތު ދީފައިވަނީ، ” ފިލާވަޅު އޮބްސާރވް ކުރުމާ އަދި އިވެލުވޭޓް ކުރުމާ ބެހޭގޮތުންނެވެ. އަދި މި ކަންކަމާއި ގުޅޭ ޢަމަލީ މަސައްކަތްތައް ގްރޫޕްތަކަށް ބަހާލެވިގެން  ބައިވެރިންގެ މެދުގައިކުރިއަށްގެންދެވުނެވެ.

މި ސެޝަނުގައި އެކްސެލް އިންޓަރނޭޝަނަލްގެ 34 ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މި ސެޝަން ގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ  އެން.އައި.އީގެ އާރލީ ޗައިލްޑް ހުޑް އެޑިއުކޭޝަން ޔުނިޓުގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ޝިޔާމާ އަބޫބަކުރާއި، އެ ޔުނިޓުގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ އައިޝަތު ޝިފާ އެވެ.

Leave a Comment

Your email address will not be published.