އިންޑިޒައިން ޓްރެއިނިންގ ޕްރޮގުރާމް އިފްތިތާޙު ކޮށްފި

އެން،އައި،އީ ރިކްރިއޭޝަން ކުލަބުން އިންތިޒާމު ކޮށްގެން މި އިންސްޓިޓިއުޓްގެ މުވައްޒަފުންނަށް ހިންގާ ޚާއްޞަ އިންޑިޒައިނިންގ ޓްރޭނިންގ ޕްރޮގުރާމެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

08 މެއި 2022 އިން 12 މެއި 2022 އަށް ( 5 ދުވަހުގެ މުއްދަތަށް ) ކުރިޔަށްދާ މި ޓްރޭނިންގ ގެ މައިގަނޑު މަޤްޞަދަކީ، އެން،އައި،އީން އުފައްދާ ފޮތްތަކާ، އުނގެނުމުގެ އެކި ކަހަލަ އާލާތް ތަކުގެ ލޭއައުޓް ހެދުމުގެ ސްޕީޑް އަވަސް ކުރުމާ، އެމަސައްކަތަށް އަހުލުވެރި މުވައްޒަފުން މި އިންސްޓިޓިއުޓްގައި އިތުރު ކުރުމެވެ. އެގޮތުން މިއަދު ފެށުނު މިޓްރޭނިންގެ ފުރަތަމަ ބުރުގައި މި އިންސްޓިޓިއުޓްގެ އެކި ޑިޕާޓްމެންޓް ތަކުން 10 މުވައްޒަފުންނަށް ފުރުޞަތު ދެވިފައިވެއެވެ.

މި ޕްރޮގުރާމްގެ ބައިވެރިންނަށް ތަމްރީނު ދެއްވަނީ، މި އިންސްޓިޓިއުޓްގެ އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ އަލްފާޟިލް މުޙައްމަދު ޝަކީލެވެ.

މި އިންސްޓިޓިއުޓްގެ މީޓިންގރޫމް ގައި ކުރިޔަށް ދާ މިޓްރޭނިންގ ޕްރޮގުރާމް ރަސްމީ ކޮށް އިފްތިތާޙު ކޮށްދެއްވީ މި އިންސްޓިޓިއުޓެގ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ޝަކީބެވެ.

Leave a Comment

Your email address will not be published.