އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައިފި

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ޤައުމުގެ ތަޢުލީމާއި ބެހޭ ވަޒީރު، ޑރ. ރާޒީ ޖިޑިންގެ އަރިއަހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

މި އިޙްތިރާމުގެ ޒިޔާރަތުގައި ތަޢުލީމީ ދާއިރާއިން މި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ މުދައްރިސުންނާއިސްކޫލުތަކުގެ އިސްވެރިންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ތަރައްޤީކުރުމާއި، ދެ ޤައުމުގެ ދަރިވަރުންނާއި މުދައްރިސުންނަށްއެކްސްޖޭންޖް ޕްރޮގްރާމްތައް ހިންގުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީމެލޭޝިޔާގައި މިވަގުތު ދިރިއުޅޭ ބެލެނިވެރިންނަށް އެ ޤައުމުން ‘ޕޭރެންޓް ވިސާ’ ލިބުމުގައި ހުރި ދަތިތައް ޙިއްޞާކުރައްވާ، އެ ކަމުގައި ފަސޭހަ ގޮތްތަކެއްފަހިކޮށްދެއްވުމަށް މެލޭޝިޔާގެ ތަޢުލީމީ ވަޒީރުގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖެ ހައިކޮމިޝަނުގެ ޝާޒޭ ޑި އެފެއަރސް، އަލްއުސްތާޛާމަރިޔަމް މިޒްނާ ޝަރީފް އަދި ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Leave a Comment

Your email address will not be published.