ޕީ.އެސް.އައި.ޕީ މަޝްރޫގެ ދަށުން ރާއްޖޭގެ 6 ސްކޫލެއްގައި މަޝްރޫޢުތަކެއް ފަށަނީ

ޕަބްލިކް ސެކްޓަރ އިންވެސްޓް މެންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މަޝްރޫގެ ދަށުން ރާއްޖޭގެ 6 ސްކޫލެއްގައި ކިލާސްރޫމް ޢިމާރާތްކުރުމާއި، އެހެނިހެން ޢިމާރާތްކުރުމާއި ގުޅުންހުރި މަސައްކަތްތަކެއް ކުރުމަށް އެގްރިމެންޓުކޮށް ކުންފުނި ތަކަކާއި ޙަވާލުކޮށްފިއެވެ.

އެގޮތުން ށ.ނޫމަރާ ސްކޫގައި 04 ކްލާސްރޫމް ޢިމާރާތް ކުރުމަށް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު ވަނީ ސޮއި ކުރެވިފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ރިޔާޒްއެވެ. ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުޒްހިންއެވެ.

އެ ކުންފުނިން ށ.ނޫމަރާ ސްކޫލް 04 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ  4,681,385.59ރ (ހަތަރުމިލިޔަން ހަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސް ނުވަލާރި)އެވެ.  މި މަސައްކަތް 109 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެކުންފުނިން އެއްބަސްވެފައިވެއެވެ.

މިއާއި އެކު ގއ. މާމެންދޫ ސްކޫލުގެ 2 ކްލާސްރޫމް ޕްރޮޖެކްޓް އަދި ބައު ޖަމާލުއްދީން ސްކޫލް ޢިމާރާތް ތަޅާލުމުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ވެސް މިވަނީ  ސޮއިކޮށްފައެވެ.

ގއ. މާމެންދޫ ސްކޫލްގެ ޕްރޮޖެކްޓް ހަވާލުކުރެވުނީ 2,371,136.89ރ އަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ. ބައު ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ ޕްރޮޖެކްޓް ހަވާލުކުރެވުނީ 2,491,000ރ އަށް 75 ތެރޭ ނިންމާ ގޮތަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ރިޔާޒް އެވެ.ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަނީޒްއެވެ.

 

ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ދަށުން މ.މުލަކު ސްކޫލްގެ 03 ބުރި އިމާރާތެއް އެޅުމުގެ  މަސައްކަތް އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެކުންފުންޏާއި އެކު އެގްރިމަންޓްގައި  މި ވަނީ ސޮއިކޮށްފައެވެ.

އެކުންފުނިން މ.މުލަކު ސްކޫލްގެ 03  ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,052,575.27ރ (ނުވަމިލިޔަން ފަންސާސް ދެހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތާވީސްލާރި)  އަށް މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މި އެގްރިމެންޓުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ރިޔާޒްއެވެ. އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލްއެވެ.

ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އާއި އެކު މ. ނާލާފުށި ސްކޫލް 2 ބުރި ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ އެގްރިމަންޓްގައިވެސް ސޮއިކުރެވިފައިވެއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 7,665,999.23ރ (ހަތްމިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ތޭވީސް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަޙުމަދު ރިޔާޒްއެވެ.

ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބްދުﷲއެވެ.

އަދި ގދ. ހޯނޑެއްދޫ ސްކޫލް 2 ކުލާސްރޫމް، ލެބް އަދި އައި.ސީ.ޓީ ޢިމާރާތުގެ މަސައްކަތްވެސް މި ކުންފުންޏާއި ޙަވާލުކޮށް އެއްބަސްވުމުގައި ސޮއެ ކުރެވިފައިވެއެވެ.

އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 6,663,706.92ރ (ހަމިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ހަ ރުފިޔާ ނުވަދިހަ ދެލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެކުންފުނިން އެއްބަސްވެފައިވެއެވެ.

ހއ.ތުރާކުނު ސްކޫލް 02 ކްލާސްރޫމް ފާޚާނާ، ލައިބްރަރީ، އަދި އޮފީސް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރެވުނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުންފުނިން ހއ.ތުރާކުނު ސްކޫލް 02 ކްލާސްރޫމް ފާޚާނާ، ލައިބްރަރީ އަދި އޮފީސް ޢިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,303,877.57ރ ( ބާރަމިލިޔަން ތިންލައްކަ ތިންހާސް އަށްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަންސާސް ހަތްލާރި)   އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެއްބަސްވެފައިވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ރިޔާޒެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވ މެނޭޖިން ޑިރެކްޓަރ އަމީން މުޙައްމަދެވެ.

މި ހުރިހާ އެއްބަސްވުންތަކެއްގައި ވެސް ސޮއެކުރެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައިއެވެ.

 

Leave a Comment

Your email address will not be published.