ރަސްމީ ދަތުރުފުޅެއްގައި ސްޓޭޓްމިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު ޖަޕާނަށް ވަޑައިގެންފި

ޖަޕާނުގެ ސެންޓަރ ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން އެޑިއުކޭޝަންގެ ދައުވަތަކަށް ސްޓޭޓްމިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދް އަޙުމަދު، ޖަޕާނަށް ވަޑައިގެންފިއެވެ.

ސްޓޭޓްުމިނިސްޓަރުގެ މި ދަތުރުފުޅުގައި ހިރޯޝިމާގެ ސްކޫލުތަކާއި ޔުނިވަރސިޓީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މިއަދު ހިރޯޝިމާ ސަރައްހައްދުގައި ގާއިމް ކުރެވިފައިވާ މިޓްސްކޯ ޕްރައިމެރީ ސްކޫލަށް  ސްޓޭޓްުމިނިސްޓަރ ޒިޔާރަށްކުރެއްވިއެވެ.

މި ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްޓޭޓްުމިނިސްޓަރު ވަނީ، އެ ސްކޫލުގެ ކިޔަވައިދިނުން ހިނގަމުންދާގޮތް އޮބްޒާވް ކުރައްވާފައެވެ.

މި އޮބްޒަވޭޝަނުން އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ދަރިވަރުން ސްކޫލާއި، ކިލާސްރޫމްތަކާއި ފަރުނީޗަރު ދަރިވަރުން އަމިއްލައަށް ސާފްކުރާ ކުރުންކަމުގައި ސްޓޭޓްުމިނިސްޓަރު ވިދާޅުވިއެވެ. ހަމައެފަދައިން ބްރޭކްގަޑީގައި ކެންޓީނުން ދޭ ޚިދުމަތަކީވެސް ދަރިވަރުންގެ ލީޑާޝިޕްގެ ދަށުން ކުރިއަށްދާ ޚިދުމަތެއްކަން ފާހަގަވިކަމުގައި ވިދާޅުވިއެވެ. އަދި މި ހަރުދަނާ އުސޫލަށް ދަރިވަރުން ކިޔަމަންތެރިވެ އެ ދަރިވަރުންގެ މަސްޢޫލިއްޔަތު އަދާކުރަމުންދަނީ ވަރަށް ފުރިހަމައަށް ކަން ސްޓޭޓްުމިނިސްޓަރ ފާހަގަކުރެއްވިއެވެ.

14 މެއި  2022 އިން 23 މޭއި 2022އަށް ޖަޕާނަށް ސްޓޭޓްމިނިސްޓަރ ކުރައްވާ މި ދަތުރުފުޅުގައި ހިރޯޝިމާ ސަރައްހައްދުގައި ގާއިމްކުރެވިފައިވާ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް އެ ސްކުލަތުގެ ކިޔަވައިދިނުން އޮބްޒާވްކޮށް، ސްކޫލް ކުރިއަށްދާގޮތް ބައްލަވާލައްވަން ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި 18 މޭއި 2022 ވާ އާދީއްތަ ދުވަހު ޖަޕާނުގެ ހިރޯޝިމާ ޔުނިވަރސިޓީގައި  ސްޓޭޓްުމިނިސްޓަރ ތަގުރީރުކުރައްވާނެއެވެ. މި ތަގުރީރުގައި އަލިއަޅުވައި ލައްވާނީ ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމް ރޭވި ހިނގަމުންދާގޮތުގެ މައްޗަށެވެ.

 

Leave a Comment

Your email address will not be published.