‘މަޖީދީރަން’ ނިންމަވާލެއްވުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވަވައިފި

ރާއްޖޭގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ފަޚުރުވެރި ތާރީޚެއް އޮންނަ ސްކޫލްކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 95 އަހަރުފުރުމުގެ މުނާސަބާގައި މަޖީދިއްޔާ ސްކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިވަޑައިގެން އިންތިޒާމް ކުރެއްވި 95 ގަޑިއިރުގެ ‘މަޖީދީރަން’ ނިންމުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވަވައިފިއެވެ. މިރަސްމިއްޔާތު ބޭއްވެވީ މާފަންނު ސްޓޭޑިއަމް ޓްރެކް ސަރަޙައްދުގައި މިރޭ އިރާކޮޅުގެ ވަގުތުގައެވެ.

މަޖީދީރަން ނިންމެވުމުގެ ޚާއްޞަ ދުވުމުގެ ރަސްމިއްޔާތުގައި ‘މަޖީދީދަންމަރު’ އުފުއްލެވީ މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރު އަދި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ އަރިހުގައި މިދުވުމުގައި ބައިވެރިވެވަޑައިގަތް އެހެން ޢިއްޒަތްތެރިންގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި ނާއިބު ރައީސް ފައިޞަލް ނަސީމާއި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާނާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އަދި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢައިޝަތު މުޙައްމަދު ޞާލިޙާއި ކެބިނެޓްގެ ބައެއް ވަޒީރުންނާއި މަޖީދިއްޔާގެ އިސްދަރިވަރުންނާއި މިހާރުގެ ދަރިވަރުން އަދި ޢާންމުން ހިމެނެއެވެ.

މަޖީދީރަން ގެ ދުވުން ފެއްޓެވީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 09:30 ގައެވެ. 3 ދުވަހާއި 23 ގަޑިއިރަށް މެދުކެނޑުމެއްނެތި ކުރިޔަށްދިޔަ މިތާރީޚީ ދުވުން ނިންމާލެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ނިމުނީ މިރޭ 9 ޖަހާކަށްހާއިރުގައެވެ.

Leave a Comment

Your email address will not be published.