ކީސްޓޭޖު 1 ގެ ދަރިވަރުންނަށް އިނގިރޭސި މާއްދާ އުނގަންނަވައިދެއްވާ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކީ ސްޓޭޖް 1ގެ ކިލާސްތަކަށް އިނގިރޭސި މާއްދާ އުނަގަންނަވައި ދެއްވާ މުދައްރިސުން ޤައުމީ މަންޙަޖަށް އަހުލުވެރިކުރުވުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުގެ ސެމިނާރ ރޫމުގައި މިއަދު ފެށުނު މި މަސައްކަތު ބައްދަލުވުމުގެ މަޤުސަދަކީ ޤައުމީ މަންޙަޖުގެ ކީސްޓޭޖް 1ގެ އިނގިރޭސި މާއްދާގެ ސިލަބަހަށް  މުދައްރިސުން އަހުލުވެރިކުރުވުމެވެ.

އެގޮތުން މި މަސައްކަތު ބައްދަލުވުމުގައި އިނގިރޭސި މާއްދާ ކިޔަވައިދުނުމުގެ ހުނަރުތަކާއި ވަށްޓަފާޅިތަކަށް މުދައްރިސުން ތަމްރީން ކުރެވޭނެއެވެ. އަދި  މި މާއްދާގެ ފެންވަރު ވަޒަންކުރެވިދާނެ ގޮތްތައް ބުނެދީ އެ ގޮތްތަކަށް މުދައްރިސުން އަހުލު ވެރިކުރުވާ،  ޤައުމީ މަންޙަޖުގައި ކަނޑައެޅިފައިވާ ފޯރމެޓިވް އެސެސްމެންޓަށް މުދައްރިސުން ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

17 މޭ އިން 19 މޭ 2022 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މާލެ ސިޓީގެ ސްކޫލުތަކުން 47 މުދައްރިސުންތަމްރީނުކުރެވޭނެއެވެ.

އެން.އައި.އީގެ ސްކޫލް އޮފް ކަރިކިއުލަމް ޑިޕާޓްމެންޓާއި، ސްކޫލް އޮފް ޓީޗާ ޑިވެލޮޕްމެންޓު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުބައްދަލުވުން ފެސިލިޓޭޓްކޮށްދެއްވާނީ އެޑިއުކޭޝަން ޑިވެލޮޕްމެންޓު އޮފިސަރ ކޯރޑިނޭޓަރ ވަފާ ވަޙީދާއި އެޑިއުކޭޝަން  ޑިވެލޮޕްމެންޓު އޮފިސަރ ކޯރޑިނޭޓަރ ނިޢުމާ މުޙައްމަދެވެ.

Leave a Comment

Your email address will not be published.