ކަލާފާނު ސުކޫލުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

މިއަހަރުގެ ކުޑަކުދިންގެ ދުވަސް   ކަލާފާނު ސުކޫލްގައި  ވަރަށް ކުލަގަދަކޮށް ފާހަގަކޮއްފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޭ 15 ވީ އާދިއްތަ ދުވަހު، ދެ ދަންފަޅިއަކަށް ބަހާލައިގެން، ބެލެނިވެރިންނާއި، ޓީޗަރުންނާއި ސުކޫލްގެ އެންމެހާ މުވައްޒަފުން ގުޅިގެން ތަފާތު ޙަރަކާތްތަކެއް ސުކޫލްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ގޮތުން ދަރިވަރުންނާއި ސުކޫލުގެ އެންމެހާ މުއައްޒަފުން ބައިވެރިވި ޚާއްސަ އެސެންބުލީއެއް ބޭއްވުނެވެ. މި އެސެންބްލީގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މެންދުރުފަހުދަންފަޅީގެ އެސެންބުލީގައި ޑެޕިޔުޓީ މިނިސްޓަރ އާތިޔާ ނަޞީރު  ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ.

ކޮންމެ ކުލާހަކުންވެސް ޚާއްސަ ކޭކެއް ފެޅުމާއި، ދަރިވަރުންނަށް ޚާއްޞަ ހަދިޔާއެއް ދިނުމުގެ އިތުރުން ތަފާތު ކުޅިވަރު ޙަރަކާތްތަކެއް ދަރިވަރުންނަށް އަމާޒުކޮށްގެން ޓީޗަރުން ކުރިއަށް ގެންދެވިފައިވެއެވެ. ކުޑަކުދިންގެ ދުވަހުގެ ޙަރަކާތްތައް ނިމިގެން ދިޔައީ ކްލާސްތަކުގައި ބޭއްވުނު ކްލާސް ޕާޓީ އިންނެވެ.

Leave a Comment

Your email address will not be published.