އިންޓަރ ސުކޫލް އެތްލެޓިކްސް މުބާރާތުން އެމް.ޖޭ.އެސްއަށް ބޮޑު ކާމިޔާބީއެއް

އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ރަންވަނަތަކާއިއެކު  އެންމެ މޮޅު އެއް ސްކޫލަކަށް ޏ. ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމް.ޖޭ.އެސް) ހޮވިއްޖެއެވެ.

23 މޭ އިން 27 މޭ 2022 އަށް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަށް ބައިވެރިވެގެން ކުރިއަށްގެންދެވުނު މި މުބާރާތުގައި އެމް.ޖޭ.އެސް ވަނީ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައެވެ.

އެމް.ޖޭ.އެސް އިން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ ތިން ވަނަ އަދި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ ތިންވަނަވެސް ހޯދާފައެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ ތިންވަނަވެސް ހޯދީ އެމް.ޖޭ.އެސް.އިންނެވެ.

މި މުބާރާތުގައި 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކޮށްފައިވެއެވެ.

 

Leave a Comment

Your email address will not be published.